ހުރާ
ހުރާ
ދީން 19 Dec 2025 | 01:13

މޮނިއުމަންޓާ ގުޅޭގޮތުން ހުރާ ކައުންސިލްގެ ފަރާތުން ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެއްކަން ބަޔާންކޮށް ފަތުވާ މަޖިލިސް އިން ނެރުނު ފަތުވާއާ ދެކޮޅަށް ވާހަކަދެއްކި ކަމަށް ބުނެ ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު އާއި ނާއިބުރައީސް އަބްދުالله އިބްރާހީމް ދެއްކި ވާހަކަތަކާއި ގުޅިގެން އެ ދެ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ޙަރާމްވެގެންވާކަން ކަނޑައެޅިގެން އެނގޭ ކަމަށާ، މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުން، ބުދު ނުވަތަ ސޫރަ ބަހައްޓައިފައި ހުންނަ ތަންތަނަށް ނުވެންނެވުމާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުން ހިމެނޭކަން ފާހަގަކޮށް ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެއްކަން ބަޔާންކޮށް ފަތުވާ ނެރެފައިވަނީ މިިދިޔަ ހަފްތާގަ އެވެ.

ހުރާގައި ބޮޑު މާކަނައެއް މޮނިއުމަންޓަކަށް ހަދާފައި ބަހައްޓާފަ ވެ އެވެ. އެ ފަތުވާއާ ގުޅިގެން ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު އާއި ނާއިބުރައީސް އަބްދުالله އިބްރާހީމް މީޑިއާއާ ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ ސޯޝަލް މީޑިއާގައި ފާހަގަކޮށްފައެވެ.

އެ ދެ ބޭފުޅުން ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމެންޓް ހެދުމާއި ތަންތަނުގައި ބެހެއްޓުމަކީ "ބުދު ހެދުން" ކަމަށާއި އެއީ ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން ނިންމިޔަސް ކ. ހުރާގެ ބަނދަރުމަތީގައި ހުރި "މާކަނާ" މޮނިއުމަންޓް ނުނަގާނެ ކަމަށެވެ. އެގޮތުން ބަޔަކު އަދި ހަރާމް ކަމަށް ނިންމި ނަމަވެސް މޮނިއުމަންޓް ނެގުމަށް ކައުންސިލުން ވިސްނާފަ ނުވާކަމަށް ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެދެ މީހުންނަށް ފާޑުކިޔާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ.ހުރާއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
07 Oct 2026 ހަބަރު

ކ.ހުރާއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކ.ހުރާއިން ދޫކުރުމަށް ނިންމާފައިވާ ބަންޑާރަ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އާއްުކޮށް ހުޅުވާލައިފިއެވެ. ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނަށް ބަލާއިރު ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް ހުރ...

ކ.ހުރާގެ ގެސްޓްބީޗް ސަރަހައްދު ތަރައްޤީކޮށް ހިންގައިދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި
31 Aug 2026 ހަބަރު

ކ.ހުރާގެ ގެސްޓްބީޗް ސަރަހައްދު ތަރައްޤީކޮށް ހިންގައިދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި

ކ. ހުރާގެ ގެސްޓްހައުސް ބީޗް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އަނެއްކާވެސް އާންމުކޮށް ހުޅުވާލައިފިއެވެ. ހުރާ ކައުންސިލުން މި ފުރުސަތު އަލުން ހުޅުވާލާފައިވަނީ، މީގެ ކުރިން މި...

ފޭކް ސްލިޕް ހަދައިގެން ގެސްޓްހައުސްތައް ބުކްކުރާ މައްސަލަ ހުރާގައި ބޮޑުވެއްޖެ
20 Aug 2026 ހަބަރު

ފޭކް ސްލިޕް ހަދައިގެން ގެސްޓްހައުސްތައް ބުކްކުރާ މައްސަލަ ހުރާގައި ބޮޑުވެއްޖެ

ފޭކް ސްލިޕްތައް ހަދައިގެން ގެސްޓްހައުސްތަކުގެ ރޫމްތައް ބުކްކުރާ މައްސަލަތަކެއް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް ހުރާ ކައުްނސިލުން އިލްތިމާސްކޮށްފިއެވެ. މިކަމާ ގުޅިގެން ހުރާ ކައުންސިލުން ބުނީ، މި މަހު...

ދިވެހިލީގް ކޮލިފައިން؛ ހުރާ، ގްރީން ސްޓްރީޓް މެޗް އެއްވަރު
08 Jun 2026 ކުޅިވަރު

ދިވެހިލީގް ކޮލިފައިން؛ ހުރާ، ގްރީން ސްޓްރީޓް މެޗް އެއްވަރު

ދިވެހިލީގް ކޮލިފައިންގައި މިއަދު ހަވީރު ހުރާ އާއި ގްރީން ސްޓްރިޓް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެނ...

ހުރާ ގެއެއްގައި ރޯވުން: ”އަލިފާނުގެ ހާދިސާ ހިނގީ ޗާޖަށް ޖަހާފައި އޮތް ފޯނުގައި ރޯވެގެން ކަމަށް ބެލެވޭ“
13 Apr 2026 ހަބަރު

ހުރާ ގެއެއްގައި ރޯވުން: ”އަލިފާނުގެ ހާދިސާ ހިނގީ ޗާޖަށް ޖަހާފައި އޮތް ފޯނުގައި ރޯވެގެން ކަމަށް ބެލެވޭ“

ކ. ހުރާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޗާޖަށް ޖަހާފައި އޮތް ފޯނެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ. ‏ކ.ހުރާގައި ގެއެއްގައި، ބޮ...

ހުރާ ގެއެއްގައި ރޯވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
13 Apr 2026 ހަބަރު

ހުރާ ގެއެއްގައި ރޯވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

ކ. ހުރާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގުކުރަންފަށައިފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 01:18 އެހައިކަންހާއިރު ކަމަށެވެ. އަދި ފ...