އިސްރާއީލުގައި ނަތަންޔާހޫއާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެކޮޅަށް ގުދުސްގައި އިސްރާއީލްގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ، އެންމެފަހުން ބޮޑު ހަމަނުޖެހުންގަނޑަކަށް ބަދަލުވެއްޖެއެވެ.
އަލްޖަޒީރާއިން ބުނާގޮތުގައި ނަތަންޔާހޫއާ ދެކޮޅަށް ޔަހޫދީން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވީ، ނަތަންޔާހޫ ދިރިއުޅުއްވާ ގަނޑުވަރާ ކައިރިއަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖަހަން ފެށުމުންނެވެ. އިސްރާއީލްގެ ރައްޔިތުން ނަތަންޔާހޫދެކެ ރުޅިގަދަވެފައިމިުވަނީ އެއްބަސްވުމާ ހިލާފަށް ޢައްޒާގައި އަނެއްކާވެސް ޖަރީމާތައް ހިންގަން ފެށުމުންނެވެ.

މުޒާހަރާގެ ބައިވެރިން ނަތަންޔާހޫއަށް ޑިމާންޑުކުރަމުންދަނީ ރަހީނުކޮށްފައިވާ ހުރިހާ އަސީރުން ދޫކޮށްލުމަށެވެ. މުޒާހަރާގައި ސިފައިންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާދިޔައިރު، އާންމުން ހުއްޓުވުމަށް ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. ނަމަވެސް އާއްމުން ކޮންޓްރޯލްވެފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.
އިސްރާއީލުން މިފަހުން ޤައްޒާގައި ހިންގަންފެށި ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 436 މީހުން ޝަހީދުވެފަިއވާއިރު، މީގެ ތެރޭގައި ކުޑަކުދިންގެ އަދަދު 183 ކަށްވުރެ މަތިވާނޭކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް