އިސްރާއީލުގެ ހަމަލާއެއް ތެހެރާނަށް އަމާޒުވެފައި
އިސްރާއީލުގެ ހަމަލާއެއް ތެހެރާނަށް އަމާޒުވެފައި
ދުނިޔެ 26 Oct 2024 | 06:40

އިސްރާއީލުން ދިން ހަމަލާތަކުގައި މާބޮޑު ގެއްލުމެއް ނުވޭ: އީރާން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިސްރާއީލުން ރޭގެ ވަގުތެއްގައި އީރާނުގެ ތެހެރާނަށް ދިން ހަމަލާތަކުގައި މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޤައުމީ ޓީވީން ވަނީ އިސްރާއީލުން ރޭގެ ވަގުތެއްގައި ތެހެރާނަށް ވައިގެ ހަމަލާތަކެއް ދީފައިވާކަން ޔަގީންކޮށްދީފައެވެ. އިސްރާއީލުން ހަމަލާތައް ދީފައިވަނީ އިލާމްއާއި ޚުޒެސްތާނުގެ ތަންތަނަށެވެ. އިސްރާއީލުން ބުނީ ހަމަލާތައް އަމާޒުކުރީ އީރާނުެ އަސްކަރިއްޔާގެ މަރުކަޒުތަކަށް ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ މީޑިއާތަކުން ވަނީ ހަމަލާތަކުގައި މާބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާކަމަށް ރިޕޯޓްކޮށްފައެވެ. އަދި ގިނަ ހަމަލާތައް ވަނީ އީރާނުގެ މިސައިލްތަކުން ދިފާއުވާ ސިސްޓަމުން ވައިގެ ތެރެއަށް ގޮއްވާލާފައިކަމަށްވެސް މީޑިއާއިން ބުންޏެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޮޕްސް އާ ގުޅިފައިވާ މީޑިއާއެއް ކަމަށްވާ ތަސްނީމް ނިއުސް އޭޖެންސީން ބުނީ، އީރާނުގެ 20 ތަނަކަށް އިސްރާއީލުން ހަމަލާތައް ފޮނުވާލިކަމަށް ބުނިނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަަމަށެވެ. އިސްރާއީލުން ފޮނުވާލި މަދު ހަމަލާއެއް އަމާޒުވިނަމަވެސް ލިބުނީ ވަރަށް ކުޑަކުޑަ ގެއްލުންތަކެއް ކަމަށް އެފަރާތުން ބުންޏެވެ.

އީރާނުގެ ޤައުމީ ޓީވީން ވަނީ މިއަދު ހެނދުނު ތެހެރާންގެ މަގުތަކުގައި އެހެންދުވަސްދުވަހެކޭ އެއްގޮތަށް އާއްމު ރައްޔިތުން ކަސްރަތު ކުރުމަށާއި، އެނޫންވެސް ބޭނުންތަކުގައި ނިކުމެ އުޅޭ މަންޒަރު ދައްކާފައެވެ.

އިސްރާއީލުން ދިން ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ ނައިބުރައީސް މީގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ދުޝްމަނުން ބަލިކުރާނޭކަމަށެވެ.

އިސްރާއީލުން އީރާނަށް ރޭ ދިން ވައިގެ ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ އެއާލައިންތަކުން ވަނީ, ތެހެރާނަށް ކުރަމުންއައި ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ. ނަމަވެސް އީރާނަށް ނިސްބަތްވާ ގިނަ އެއާލައިންތަކުން ދަތުރުތައް ކުރިއަށްގެންދާކަމަށް އެޤައުމުގެ އިމާމް ހާމަނާއީ އެއާޕޯޓުން ބުނެއެވެ.

މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ރައްދުގައި އިސްރާއީލަށް ހަމަލާދިނުމަށް އީރާނުން މިހާރު ދަނީ ތައްޔާރުަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
23 Sep 2026 ދުނިޔެ

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރި...

ޓްރަމްޕްގެ އިންޒާރެއް؛ އީރާނާ ގުޅުން ބާއްވާ ޤައުމުތަކަށާ ދެކޮޅަށް ހަރުކަށި އިޤުތިޞާދީ ފިޔަވަޅު އަޅާނަން
20 Aug 2026 ދުނިޔެ

ޓްރަމްޕްގެ އިންޒާރެއް؛ އީރާނާ ގުޅުން ބާއްވާ ޤައުމުތަކަށާ ދެކޮޅަށް ހަރުކަށި އިޤުތިޞާދީ ފިޔަވަޅު އަޅާނަން

އީރާނާ އެކު ވިޔަފާރީގެ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ގުޅުން ބާއްވާ ކޮންމެ ޤައުމަކާ ދެކޮޅަށް ބޮޑެތި އިޤުތިޞާދީ ފިޔަވަޅު އެޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ޓްރޫތް...

އީރާނާ އެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ރާވާފައި ނުވާނެ: ޓްރަމްޕް
19 Aug 2026 ދުނިޔެ

އީރާނާ އެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ރާވާފައި ނުވާނެ: ޓްރަމްޕް

އެމެރިކާއިން އީރާނާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަޝްވަރާތަކެއް ބޭއްވުމަށް ރާވާފައި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނަމަ...

އީރާނުގެ މިސައިލް ހަމަލާއެއްގެ ބިރަށްޓަކައި، ކެޓަރިންގ ޓްރަކެއްގައި ސިއްރުން ޓްރަމްޕް މަތިންދާބޯޓަށް އަރުވައިފި
12 Aug 2026 ދުނިޔެ

އީރާނުގެ މިސައިލް ހަމަލާއެއްގެ ބިރަށްޓަކައި، ކެޓަރިންގ ޓްރަކެއްގައި ސިއްރުން ޓްރަމްޕް މަތިންދާބޯޓަށް އަރުވައިފި

މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމުގެ ދަތުރުގައި އީރާނުގެ މިސައިލް ހަމަލާއެއް އައިސްދާނެ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސ...

އީރާނުގެ ވަރުގަދަ އިންޒާރެއް ގަލްފުގެ ގައުމުތަކަށް: އީރާނަށް ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކުގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދޭނަން
06 Aug 2026 ދުނިޔެ

އީރާނުގެ ވަރުގަދަ އިންޒާރެއް ގަލްފުގެ ގައުމުތަކަށް: އީރާނަށް ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކުގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދޭނަން

އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ. މި އިންޒާ...

އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
29 Jul 2026 ދުނިޔެ

އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ

އެމެރިކާއާއި އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމައިގައި އީރާނުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، ޗައިނާގައި އުފައްދާފައިވާ ކޮނޑަށްލައިގެން ފޮނުވާލެވޭ ވައިގެ ދިފާއީ މިސައިލް ސިސްޓަމްތަކެއް ކުރިއ...