އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ 20 Aug 2026 | 02:53

ޓްރަމްޕްގެ އިންޒާރެއް؛ އީރާނާ ގުޅުން ބާއްވާ ޤައުމުތަކަށާ ދެކޮޅަށް ހަރުކަށި އިޤުތިޞާދީ ފިޔަވަޅު އަޅާނަން

އީރާނާ އެކު ވިޔަފާރީގެ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ގުޅުން ބާއްވާ ކޮންމެ ޤައުމަކާ ދެކޮޅަށް ބޮޑެތި އިޤުތިޞާދީ ފިޔަވަޅު އެޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ޓްރޫތް ސޯޝަލް މެދުވެރިކޮށް ޓްރަމްޕް ބުނީ ޤައުމަކާ ދެކޮޅަށް މިހާތަނަށް އެޅި އެންމެ ވަރުގަދަ އިޤުތިޞާދީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް ވަކި ޤައުމެއްގެ ނަން ބުނެފައެއް ނުވެއެވެ. އީރާނާ އެކު ހެދި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ މުއްދަތު ހޯމަ ދުވަހު ހަމަވީ އިރު ޑިޕްލޮމެޓިކް ނުވަތަ އަސްކަރީ ހައްލެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ.

"އެއްވެސް ޤައުމެއްގެ މާލީ މުއައްސަސާތައް، ވިޔަފާރިތައް، ވައިގެ ބަނދަރުތައް ނުވަތަ ސަރުކާރު އިދާރާތައް މެދުވެރިކޮށް އީރާނަށް އެއްވެސް ބާވަތެއްގެ އެހީއެއް ފޯރުކޮށްދީފިނަމަ އެ ޤައުމަކާ ދެކޮޅަށް ވެސް ހަރުކަށި އިޤުތިޞާދީ ފިޔަވަޅު އެޅޭނެ" ޓްރަމްޕް ބުންޏެވެ.

ހަމައެއާ އެކު ތެލުގެ ވަގު ވިޔަފާރިއާއި ފައިސާ ބަދަލުކުރުމާއި ބޯޓުފަހަރު ރެޖިސްޓްރީކުރުމާއި، ކުންފުނިތައް މެދުވެރިކޮށް ހިންގާ ހުރިހާ ކަމެއް ވަގުތުން ހުއްޓައިލަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ. މި އިންޒާރު އައީ އެޕްރީލް މަހު ފެށި "އޮޕެރޭޝަން އިކޮނޮމިކް ފިއުރީ" ގެ ދަށުން އީރާނާ ވިޔަފާރީގެ ގުޅުން ބާއްވާ ބޭރުގެ ބޭންކުތަކާއި ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ފުޅާކޮށް ކަނޑުމަތީ ބަންދެއް ވެސް ހިމެނޭ ގޮތަށެވެ.

ޓްރަމްޕް އެ ޕޯސްޓު ކުރުމުގެ އެއް ދުވަސް ކުރިން އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ޔޫއޭއީން ވަނީ އީރާނާ ދެމެދު އޮތް ހުރިހާ މާލީ އަދި އިޤުތިޞާދީ ގުޅުމެއް ކަނޑައިލާނެ ކަމަށް އިއުލާނުކޮށްފައެވެ. ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނީ ކަނޑުމަތީ ދަތުރުފަތުރަށް ނިޝާންކޮށް އީރާނުން ފޮނުވައިލި ދެ ބެލެސްޓިކް މިސައިލެއް ދެނެގެންފައިވާ ކަމަށާއި އެ ދެ މިސައިލް ވެސް ވެއްޓުނީ ކަނޑަށް ކަމަށެވެ. ޔޫއޭއީގެ ނިންމުމާ ގުޅިގެން ގަލްފް ސަރަހައްދުގެ ޤައުމުތަކުން އެމެރިކާ ސިފައިންނަށް އެއްބާރުލުން ދީފިނަމަ އެއީ ބައިވެރިވުމެއް ކަމަށް ދެކޭނެ ކަމަށް އީރާނުގެ ސިފައިން ވަނީ އިންޒާރު ދީފައެވެ.

ޓްރަމްޕްގެ ޕޯސްޓްގައި ޗައިނާގެ ނަން ބުނެފައި ނެތް ނަމަވެސް އީރާނުން އެންމެ ގިނައިން ތެޔޮ ގަންނަ ޤައުމަކީ ޗައިނާއެވެ. ހަނގުރާމަ ފެށި ފަހުން ޗައިނާގެ ޝެންޑޮންގް ޕްރޮވިންސުގައި ހުންނަ އެތައް ކުދި ތެޔޮ ސާފުކުރާ ކާރުޚާނާއަކާ ދެކޮޅަށް ވޮޝިންގްޓަނުން ފިޔަވަޅު އެޅީ މި ގުޅުމާ ހެދިއެވެ.

މައި ހޮރުމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ސާފުނުކުރާ ތެލުގެ 20 އިންސައްތައާއި، ގޭސް ދައުރުކުރާ މަގެވެ. ހަނގުރާމައިގެ ސަބަބުން ތެލާއި ހަކަތައިގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި
17 Oct 2026 ދުނިޔެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.