އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ 23 Sep 2026 | 03:17

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރަމުން ޓްރަމްޕް ބުނީ އޭނާއަށް ނިންމަން ޖެހިފައިވަނީ ވަރަށް ބޮޑު ނިންމުމެއް ކަމަށެވެ.

"އަހަރެން ނިންމަންޖެހޭ ވަރަށް މުހިންމު ނިންމުމެއް އެބައޮތް. އީރާނާއެކު އެއްބަސްވުމަކަށް އާދެވި، އެ ގައުމު ކުރިއަށްވުރެ ބޮޑަށް އާރާސްތުކޮށް ތަރައްގީކުރުމުގެ ފުރުސަތު ދޭނީ ތޯ؟ ނުވަތަ އެހެން މީހުން މެރުމާއި ގައުމުތައް ސުންނާފަތިކުރުމުގެ ފުރުސަތު ދާއިމީކޮށް ހުއްޓުވުމަށްޓަކައި، ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅައި އެ އިސްލާމީ ޖުމްހޫރިއްޔާ އެއްކޮށް ނައްތާލާނީތޯ؟" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެމުން އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެއީ ހަގީގަތެއް ނެތް "ޕްރޮޕެގެންޑާ" ކަމަށެވެ. އަދި ހަމަލާދޭ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ވަރުގަދަ އަދި ހިތި ރައްދެއް ދިނުމަށް އީރާނުގެ ސިފައިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވެސް ވަނީ އީރާނުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ ކަމަށާއި، ޓްރަމްޕަށް އީރާނުގެ ރައްޔިތުންނާއި އަސްކަރިއްޔާގެ މައްޗަށް ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދޭން ފެށި ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައަށް ހަތް މަސް ވެފައިވާއިރު، މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، ތެލުގެ އަގު އިންތިހާއަށް ވަނީ އުފުލިފައެވެ.

ދެގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ދެމުން ދިޔަ ނަމަވެސް، ސުލްހައިގެ އެއްބަސްވުމުގެ ވާހަކަވެސް އަންނަނީ ދެކެވެމުންނެވެ.

އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް ބުނީ، މެދުވެރިން މެދުވެރިކޮށް އަންގާރަ ދުވަހު އދ. ގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ދިގު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، މި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. މީގެ އިތުރުން ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީ ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވައި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، އެމެރިކާއިން އަސްކަރީ ފިއްތުންތައް ކުޑަކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، ހަތް ދުވަހުގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅި އަލުން އާންމު ދަތުރުފަތުރަށް ހުޅުވާލަން އީރާން އޮތީ ތައްޔާރަށެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މި ސަރަހައްދު ބަންދުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕް ބުނީ، އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ފަހުން، ނުވަތަ އޭގެ ކުރިންވެސް އީރާނުގެ މައްސަލައަށް ހައްލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެތެރޭގެ އަދި ބޭރުގެ ސިޔާސީ އެކި ފިއްތުންތައް ޓްރަމްޕަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މި މަޝްވަރާތަކުން ނުކުންނަ ނަތީޖާއަކަށް މުޅި ދުނިޔެ ދަނީ އިންތިޒާރު ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި
17 Oct 2026 ދުނިޔެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.