ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަދި އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު... ފޮޓޯ: ހާރިޖިއްޔާ
ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަދި އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު... ފޮޓޯ: ހާރިޖިއްޔާ
ހަބަރު 10 Nov 2025 | 03:14

ހަނިމާދޫ އެއަރޕޯޓް ހުޅުވުމުން ޝާހިދުގެ ޝުކުރު ރައީސް ސޯލިޙާއި އިންޑިއާއަށް

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަން އެމް.ޑީ.ޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން ރޭ އެއަރޕޯޓް ހުޅުވުމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްއަށާއި އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢަށް ބޭނުންވާ އެހީ ހޯއްދެވުމަށާއި، އެކަމާއި ގުޅޭ އެހެން ކަންކަމުގައި އިންޑިއާ ސަރުކާރާއިއެކު މަޝްވަރާކުރެވުނީ ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެއަރޕޯޓް ހުޅުވުމަކީ ރައީސް ސޯލިހްގެ ވެރިކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫޢެއްގެ ފުރިހަމަވުން ކަމަށެވެ. މި މުހިންމު މަޝްރޫޢު ފެއްޓެވުމަށް އިސްނެންގެވި ކަމަށްޓަކައި ރައީސް ސޯލިޙަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަޝްރޫޢަށް ބޮޑެތި ފާޑުކިޔުންތަކެއް ކީކަން ޝާހިދު ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒުއާއި އެބޭފުޅުންގެ އެކުވެރިން އިދިކޮޅުގައި ތިއްބެވިއިރު ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢަކީ އިންޑިޔާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫޢެއް ކަމަށް ސިފަކުރެއްވިކަމަށާއި، އެ މަޝްރޫޢުގައި މަސައްކަތްކުރި މަސައްކަތްތެރިންނަކީ އިންޑިޔާ ސިފައިން ކަމަށް ބުނެ ދޮގު ތުހުމަތު ކޮށް، ޤައުމިއްޔަތާއި ގުޅުވައި ނުރައްކާތެރި ދޮގު ވާހަކަތައް ފެތުރިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދެވުނު ކޮންމެ މަޝްރޫޢަކީ އިންޑިޔާއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސިޔާސީކުރެވުނު މަޝްރޫޢުއަކަށް މިއަދު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހެދިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބައިނަލްއަޤްވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރައްވައި، ރައީސް މުއިއްޒު އެމަނިކުފާނުގެ ކެމްޕޭނުގައި އޭރު މަލާމާތްކޮށްފައިވާ އެއަރޕޯޓް ރޭ ރަސްމީކޮށް ހުޅުއްވައިދެއްވީކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.