ހެޔޮ އެދޭ ފަރާތަކުން ބިނާކުރި "ތުނޑީ ބަނދަރު މިސްކިތް" ހުޅުވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހެޔޮއެދޭ ފަރާތަކުން ލ. ގަމުގައި ބިނާކޮށްދެއްވި އައު މިސްކިތް "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިިއަދު ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
މެއި11, 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު އަށެއްކަ މިސްކިތް ހުޅުވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް