ރ.އަލިފުށީގައި އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުން - ފޮޓޯ ސިއްޙީ ވުޒާރާ
ރ.އަލިފުށީގައި އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުން - ފޮޓޯ ސިއްޙީ ވުޒާރާ
ހަބަރު 20 Apr 2024 | 09:24

ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެގޮތުން ހޮސްޕިޓަލް އެޅުމަށް ހަވާލުކޮށްފައިވަނީ ނ.މަނަދޫ، ރ.އަލިފުށި އަދި މ.މުލީގައެވެ.

ސިއްޙީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ނ.މަނަދޫ އަދި މ.މުލީގައި އަޅަން ހަވާލުކޮށްފައި ވަނީ 50 އެނދުގެ ހޮސްޕިޓަލު ތަކެކެވެ. މިއިން ހޮސްޕިޓަލަކަށް 185 މިލިއަން ރުފިޔާ ހޭދަވާއިރު އެއްބަސްވެވިފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މި ދެ ހޮސްޕިޓަލް އަޅާ ނިންމުމަށެވެ. މި ދެ ރަށުގައި ހޮސްޕިޓަލް އެޅުމަށް ސިއްހީ ވުޒާރާއިން ނިންމަވާފައިވަނީ އެ ދެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލްތައް ގިނަދުވަސްވެ ޢިމާރާތްތައް ވީރާނާވާން ފަށާފައިވާތީއެވެ.

ރ.އަލިފުށީގައި އަޅަން ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް އެޅުމަށް ޖުމުލަ 128 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ސިއްޙީވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މި ހޮސްޕިޓަލް އެޅުމަށް ދީފައިވާ މުއްދަތަކީ 730 ދުވަހެވެ. އަލިފުށީގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވަނީ އެއަތޮޅުގަިއ ރީޖަނަލް ހޮސްޕިޓަލް ހުންނަ އުނގޫފާރާ އަލިފުށްޓާ ދުރުވުމުގެ ސަބަބުން ރައްޔިތުންނަށް ވާ އުނދަގޫ ލުއި ކޮށްދިނުމަށެވެ.

މި ތިން ހޮސްޕިޓަލްވެސް އަޅަން ހަމަޖެހިފައިވަނީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދިޔުމަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނޭހެންނެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި ބޭނުންކުރާ ހަކަތައިގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅަންވެސް ވަނީ ހަމަޖެހިފައެވެ.

ސިއްހީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި ހޮސްޕިޓަލްތަކަކީ ސަރުކާރުން އަތޮޅުތަކުގައި ދޭ ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...