ރައީސަށް ދަރަވަންދޫ އިން ހޫނު މަރުހަބާއެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބ އަތޮޅުގެ ރަށްތަކަށް ހޯމަ ފެއްޓެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ އަތޮޅު ދަރަވަންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ. ރައީސް ވަޑައިގަންނަވާތީ ރަށް ވަނީ ޒީނަތްތެރިވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވި އެންމެންނާއި ސަލާމް ކުރައްވާފަ އެވެ.
އަދި ޒުވާނުންނާއި އެކި އުމުރުގެ މީހުންނާއެކު ރައީސް ވަނީ ފޮޓޯ ނަންގަވާފަ އެވެ.

ދަރަވަންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ޖަލްސާ އެއް ބާއްވާނެ އެވެ.
ބ އަތޮޅުގެ ރަށްތަކަށް މީގެ ދެ ދުވަސް ކުރީނ ފެއްޓެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއްޔެ ވަނީ ކަމަދޫ އާއި ކުޑަރިކިލު، ކެންދޫ އަދި އޭދަފުއްޓަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން މިއަދުވެސް އިތުރު ހަތަރު ރަށަކަށް ވަޑައިގެންފަ އެވެ.

އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ކޮންމެ ރަށެއްގައި ޖަލްސާއެއް ބޭއްވެވި އެވެ.
އަދި އެ ރަށަށް ހާއްސަ މަޝްރޫއުތައް އިއުލާނު ކުރެއްވި އެވެ. އެ މަސައްކަތްތަކުގެ ތަފްސީލުތައް ވެސް ހިއްސާ ކުރެއްވި އެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް