ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެގްރީކަލްޗާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ޑރ. މަރިޔަމް މާރިޔާ, ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ މަގާމަށް އައްޔަނު ކުރައްވާ ބޭފުޅުންްނަކީ ސަފީރު ކަމުގެ މަގާމަށް އައްޔަނު ކުރައްވާ ބޭފުޅުންނެވެ.
ނަމަވެސް ޑރ. މާރިޔާ ކަނޑައަޅުއްވަނީ ކޮން ގައުމެއްގެ ސަފީރަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އެގްރީކަލްޗާ މިނިސްޓަރުގެ މަގާމުން ޑރ. މާރިޔާ އިސްތިއުފާ ދެއްވީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވި އެވެ.
އޭގެ ކުރީން އެކަމަނާ ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމު ވެސް ފުރުއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް