ލަޒާނިއާ ރޯލް އަޕްސް
ލަޒާނިއާ ރޯލް އަޕްސް
ލައިފްސްޓައިލް 30 Mar 2023 | 05:20

ލަޒާނިއާ ރޯލް އަޕްސް މިއީ ނުހަދާ ދޫކޮށްލާވަރު އެއްޗެއް ނޫން!

މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރު ކޮށް ލަޒާނިއާ ރޯލް އަޕްސް ހަދާނެ ގޮތެވެ. ކިޔުން ތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

މީޓް ސޯސް އަށް ބޭނުންވާ ތަކެތި

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ކިލޯ މިންސްޑް ބީފް ( ނުވަތަ މިކްސަރުން މުގުރާފައި ހުރި ބީފް)

1 ޖޯޑު ޕިއްޒާ ސޯސް

1 ދަޅު ޓޮމާޓޯ ޕޭސްޓް

2 ފިޔާ (ކުދިކޮށް ކިޔުބްކޮށް ކޮށާފަ)

4 ލޮނުމެދު ( ކުދިކޮށް ކިޔުބްކޮށް ކޮށާފައި)

1/2 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ

ރަހަލާ ވަރަށް ލޮނު

1 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި، މައްޗަށް އެޅުމަށް)

12 ލަޒާނިއާ ޝީޓް (ލަޒާނިއާ ޝީޓް ޕެކެޓް ގައިވާ ގޮތައް ކައްކާފައި)

ވައިޓް ސޯސް އަށް ބޭނުންވާތަކެތި:

1/4 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި)

2 ދަޅު ނެސްލޭ ކްރިމް

1 ބިސް

1 ޖޯޑު މޮޒަރެއްލާ ޗީޒް ( ގާނާފައި)

ވައިޓް ސޯސް ހެދުމަށް މި ހުރިހާ ތަކެތި ތަށްޓެއްގެ ތެރޭގައި ރަނގަޅަށް އެކުލަވައިލާށެވެ.

މީޓް ސޯސް ހަދާނެގޮތް:

1) އޮލިވް އޮއިލް ފޮދެއްގައި، މުގުރާފައި ހުރި ބީފް ކޮޅު ރޯފިލުވާލާށެވެ.

2) ބީފްގެ ރަނގަޅަށް ރޯފިލުމުން ފިޔާ، ލޮނުމެދު، އަސޭމިރުސް، އަދި އޮރެގާނޯ މަސްގަނޑު ތެރެއަށް އަޅައިގެން 5 މިނިޓް ވަރު ވަންދެން ކައްކާލާށެވެ.

3) ދެން ޕިއްޒާ ސޯސް އަދި ޓޮމާޓޯ ޕޭސްޓު އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ.

4) މީޓް ސޯސް ތައްޔާރު ވުމުން ބޭކިންގ ޓްރޭ އެއްގެ ތެރޭގައި ލަޒާނިއާ ޝީޓްސް އަތުރާލާށެވެ.

5) އެއަށްފަހު އޭގެ މަތީގައި ވައިޓް ސޯސް ރަނގަޅަށް އަތުރާލާށެވެ.

6) ދެން ރަނގަޅަށް މީޓް ސޯސް އެޅުމަށްފަހު ކޮންމެ ޝީޓެއް ވަކިން އޮޅާލާފައި ޓްރޭގައި ރީތިކޮށް އަތުރާލާށެވެ.

7) ދެން ބާކީ ހުރި މީޓް ސޯސް އާއި ވައިޓް ސޯސް ހުރި ނަމަ އެ ވެސް ރޯލްސް މަތީގައި އަތުރާލާށެވެ.

8) އެއަށްފަހު އޭގެ މައްޗަށް ގާނާފައި ހުރި ޗީޒު އަޅާލުމަށްފަހު އަވަނަށް ލައިގެން ފިހެލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...