ބާރައީސް އަހްމަދު އަފްރާހް ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައި ފޯމު ހަވާލުކުރައްވަނީ
ބާރައީސް އަހްމަދު އަފްރާހް ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައި ފޯމު ހަވާލުކުރައްވަނީ
ހަބަރު 30 May 2023 | 22:47

ބ އަތޮޅު ކައުންސިލް ރައީސް ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފި

ބ އަތޮޅު ކައުންސިލް ރައީސް އަހްމަދް އަފްރާހް ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ.

ޕާޓީ އަށް މެމްބަރުން ހަމަ ކުރުމަށް އެޕާޓީގެ އިސްވެރިން އަތޮޅުތަކަށް ކުރަމުުންދާ ދަތުރު ތަކުގައި އެކި ރަށްރަށުން މީހުން ދަނީ އެ ޕާޓީއަށް ސޮއި ކުރަމުންނެވެ.

އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވަނީ އެމްޑީޕީ އަށް ސޮއި ކުރައްވައިފައެވެ. މީގެ އިތުރުންވެސް އއ ގެ ރަށްރަށުގައި ވެސް އެ ޕާޓީއަށް މެމްބަރުން ހަމަ ކުރުމަށް ސޮއި ކުރުން ކުރިއަށް ގެންގޮސްފައި ވެއެވެ.

ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމާއި އެކު އެޕާޓީ އިން ދަނީ ރަޖިސްޓަރ ކުރުމަށް ބޭނުންވާ ވަރަށް މެމްބަރުން ހަމަ ކުރުމަށް ފޯމު ފުރުމުގެ  މަސައްކަތް ކުރަމުންނެވެ. އެޕާޓީ އުުފއްދަން އީސީ އިން ހުއްދަ ދީފައިވަނީ 24 މެއި ގައެވެ.

ހުއްދަ ލިބުމާއި އެކު އެޕާޓީއިން ބުނެފައިވަނީ 24 ގަޑިއިރުތެރޭގައި 3000 މެމްބަރުން ހަމަ ކުރާނެ ކަމަށެވެ. މިހާތަނަށް ހަމަވި އަދަދެއް އެޕާޓީއިން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ތެރެއިން އުފެދިގެން އައި ފިކުރެއްގެ ދިރުން ފެކްޝަނުން އެޕާޓީ އިން ވަކިވެ އުފެއްދި މި ޕާޓީ އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މަންމަ އާއި ބައްޕަ ވެސް ވަނީ ސޮއި ކުރައްވާފައެވެ.

އަދި އެމްޑިޕީގައި ތިބި ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ފިކުރަށް ތާއީދު ކުރާ މީހުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުން ދާއިރު އަދިވެސް ރައީސް ނަޝީދު ހުންނެވީ އެމްޑީޕީގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު
21 Nov 2026 ހަބަރު

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ