N/A
N/A
ހަބަރު 29 Jul 2020 | 20:10

މަލްޓިލޭޓަރަލް ނިޒާމު ހަރުދަނާކުރުމަށް ޝާހިދާއި އެކުގައި މަސައްކަތްކުރަން މިހުރީ ތައްޔާރަށް: އދ.ގެ އާންމު މަޖިލީހުގެ ރައީސް

މަލްޓިލޭޓަރަލް ނިޒާމު ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް  ހުންނެވިކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް ޑރ.ޓިޖާނީ މުހައްމަދު ބަންޑޭ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނިޔުޔޯކްގައި ތިއްބަވާ ޑިޕްލޮމެޓުންނަށް ދިވެހިރާއްޖޭގެ ފަރާތުން ބޭއްވި ރިސެޕްޝަންގައި ވާހަކަދައްކަވަމުންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ޓިޖާނީ މުހައްމަދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށާއި، ހަރުދަނާ މުޖުތަމައުތައް ގާއިމްކުރުމަށް އދ.އިން ކުރަމުންދާ މަސައްކަތަށް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ދައްކަމުންގެންދާ އެއްބާރުލުމާއި މެދު އުފާކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ތަރައްގީވެފައިވާ ޖަޒީރާ ގައުމުތަކުން މަލްޓިލޭޓަރަލް ނިޒާމަށް މުހިންމު އެހީތަކެއް ފޯރުކޮށްދެމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ ވިދާޅުވީ މިފަދަ ޖަޒީރާ ގައުމުތަކަށް ބައިނަލްއަގްވާމީ ގާނޫނުތައް ވަރަށް މުހިންމު ކަމަށާއި، އެ ގައުމުތަކުގެ އުންމީދުތަކަށް ވާސިލްވުމުގައި އދ.އިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ޓިޖާނީ މުހައްމަދުގެ ވާހަކަފުޅުގައި ވަނީ މަލްޓިލޭޓަރަލް ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި މިނިސްޓަރ ޝާހިދާއި އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. އަދި އދ.އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދެމިގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ
22 Oct 2026 ހަބަރު

ކްރިމިނަލް ކޯޓުން ނީލަމެއް: ހަލާކުވެފައިވާ ތިން ކޮންޕިއުޓަރު ވިއްކާލަނީ، ފެށޭ އަގަކީ 4،000ރ

އޭގެ ތެރޭގައި ބާވެހަލާކުވެފައިވާ އޯލް އިން ވަން ތިންް ކޮމްޕިއުޓަރު ހިމެނެ އެވެ.

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ
22 Oct 2026 ހަބަރު

ސްކޭމް ހިންގާ 847 މީހެއް: ތިން މަހުން ފަސް މިލިއަން ފޭރުނު، ލޯބީގެ ގުޅުންތައް ދައްކައިގެންވެސް ފޭރެނީ

މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ
22 Oct 2026 ހަބަރު

އެންމެ މުހިންމީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުން: ފަސްޓްލޭޑީ

ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަކީ އެ ޤައުމަކުން އެންމެ އިސްކަންދޭ ޖެހޭ ކަންތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް
22 Oct 2026 ހަބަރު

މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ފަދަ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެކޭޖަކީ އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ ގާތްގަނޑަކަށް 19 ގައުމަކުން ޚިދުމަތް ލިބޭ ގޮތަށް އެކުލަވައިލެވިފައިވާ ޕެކޭޖެކެވެ.

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު
22 Oct 2026 ހަބަރު

މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު

ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޮންމެ ހާލަތެއްގައި ވެސް ދިގުދެމިގެން ނުދާނެ ގޮތަކަށް ޝަރީޢަތުގެ މަސައްކަތްތައް ބައްޓަންކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ
22 Oct 2026 ހަބަރު

މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ފަށަނީ، ކަނޑުމަގުން ސީދާ ދަތުރުތައް ވެސް ފަށަނީ

ދެ ގައުމުން ގުޅިގެން އިގްތިސާދީ ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި
22 Oct 2026 ހަބަރު

އައްޑޫ އެއާޕޯޓުގެ އާމްދަނީ 61 މިލިއަނަށް އަރައި، ގެއްލުން 10 މިލިއަން ކުޑަކޮށްފި

މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، އެ ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުގެ މިންވަރުން 10 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ