ޑރ މުޢިއްޒު ވޯޓް ލައްވައިފި
ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވޯޓް ލައްވައިފިއެވެ.
އެމަނިކުފާނު ވޯޓް ލެއްވުމަށް ވަޑައިގެން ފައިވަނީ ތާޖުއްދީން ސްކޫލަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓް ލުން ފެށިގެން ކުރިއަށް ދާއިރު ގިނަ ފޮށިތަކުގެ ވޯޓްލުން މިހާރު ވަނީ ފެށިފައެވެ.
ޑރ މުޢިއްޒު ވޯޓް ލައްވައިފައިވާއިރު، ރަނިންގމޭޓް ހުސެއިން މުޙައްމަދު ލަތީފްވެސް ވަނީ ވޯޓް ލައްވައިފައެވެ. އަދި ޕީއެންސީގެ ލީޑަރ ޢަބްދުއް ރަޙީމް ވެސް ވޯޓް ލައްވައިފައިވެއެވެ.
ވޯޓު ލުންނކުރިއަށް ދާނީ ހަވީރު 5 ޖެހުމާއި ހަމައަށެވެ. 5:00ގެ ފަހުން ވޯޓް ކިޔު ބަންދު ވާނެއެވެ. ނަމަވެސް 5ގެ ކުރިން ކިޔު އަށް އެރުއްވި ބޭފުޅުންނަށް ވޯޓު ލެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް