މަސީގެ ފަރާތުން ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ؛ އިންތިގާލީ ރައީސްގެ އޮފީސް
މަސީގެ ފަރާތުން ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ؛ އިންތިގާލީ ރައީސްގެ އޮފީސް
ހަބަރު 30 Oct 2023 | 06:39

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚާއްސަ ވުޒާރާއެއް ހަދާނަން: ޑރ މުއިއްޒު

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކަށް ޚާއްސަ ވުޒާރާއެއް ޤާއިމްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ކޮންސްޓަރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު އިންޑަސްޓްރީ ކަމަށެވެ.

އެ އިންޑަސްޓްރީއަށް އެކި ސަރުކާރުން އެކި މިންވަރަށް ސަޕޯޓު ލިބިފައިވާކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދިއުމަށް ސަރުކާރަށް ކޮށްދެވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެގޮތުން ޓުއަރިޒަމަށް ޚާއްސަ ވުޒާރާއެއް ހުންނަ ފަދައިން، އަދި އެގްރިކަލްޗާގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ ވުޒާރާއެއް އެލުވަލުން މުހިންމުވާ ފަދައިން ކޮންސްޓަރަކްޝަނަށް ޚާއްސަ ވުޒާރާއެއް ވެސް ހުންނަން ޖެހޭކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ނަމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޝާމިލުވާގޮތަށް ވުޒާރައެއް ގާއިމްކުރައްވާނެ ކަމަށެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަބަދުވެސް ކޮންމެސް ވުޒާރާއެއްގެ ތެރެއަށް ލެވިފައި ފޮރުވިފަ ކަހަލަ ގޮތަކަށް އޮވޭ. އެހެން ނަމަވެސް ބޭރަށް ނެރެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލްވާގޮތަށް އިރާދަކުރެއްވިއްޔާ ވުޒާރާއެއް ޤާއިމްކުރާނަން"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ އެފަދައިން ވުޒާރާއެއް އެކުލަވާލުމުގެ ބޭނުމަކީ މަސައްކަތްތައް ކުރުމުގައި އަދި އެ ސިނާއަތާއި ގުޅުންހުރި ކަންކަން ތަރުތީބުކުރުމުގައި ފަސޭހަތައް ހޯދުން ކަމަށެވެ. ވުޒާރާއެއްގެ ގޮތުގައި އެ އިންޑަސްޓްރީގެ މަސައްކަތްތައް ތަރުތީބުވެގެން ދިއުމަކީ ބޭރުގެ އެހީ ހޯދުމުގައި ވެސް ފަސޭހަތައް ލިބިގެންދާނެ ކަމެއްކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ އެ އިންޑަސްޓްރީ އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަސީގެ ފަރާތުން އެ އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އިންތިޚާބީ ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.