މެމްބަރު ރޮޒައިނާ މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
މެމްބަރު ރޮޒައިނާ މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު 31 May 2023 | 08:17

ބަންޑާރަ ނައިބުގެ "ނޯ ކޮންފިޑެންސް" ވޯޓަށް ނޭހީ ބިރުން: ރޮޒައިނާ

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި މިއަދު ވޯޓަށް ނޭހީ ބޭނުންވާ ގޮތަށް އެ ވޯޓު ނުނިންމިދާނެތީ ބިރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ތާވަލުކުރެވިފަ އެވެ.

އެހެން ނަމަވެސް އެމަނިކުފާނު ހާޒިރުވެވަޑައިނުގެން ވަނީ ޖަވާބުދާރީވުމަށް ލިޔުމެއް މަޖިލީހަށް ހުށައަޅާފައެވެ. އެއާއެކު މިއަދުގެ ޖަލްސާގައިވަނީ ބަންޑާރަނައިބު ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ގޮތަކާއި ގުޅިގެން ޚިޔާލުތަފާތުވުން އުފެދިފައެވެ.

މަޖިލީހުގައި އުފެދުނު ޚިޔާލުތަފާތުންތައް މަޝްވަރާގެ ތެރެއިން ޙައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ.

އެހެން ނަމަވެސް އެއްބަސްވުމަކަށް ނާދެވުމުން، އެމަނިކުފާނު ނިންމެވީ ސުޕްރިމް ކޯޓުގެ ލަފާފުޅެއް ހޯއްދަވައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެހާތަނަށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޑުޖައްސާލާފަ އެވެ.

އެކަމަށް އިޝާރާތްކުރައްވާ މެމްބަރު ރޮޒައިނާ ވިދާޅުވީ ރިޔާސަތުން އެފަދައިން ނިންމެވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން ކަމަށެވެ.

ރައީސް ނަޝީދު ބޭނުމަކީ އެ ވޯޓު ނެގުން ފަސްކުރުން ކަމަށާއި، މިއަދު ވޯޓަށް އަހައިފިނަމަ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ފާސްނުވާނެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންވާނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މިއަދު މި ވޯޓު ނަގާއިރު މަޖިލީހުގެ 44 މެމްބަރުން އެބަ ޖެހޭ މަޖިލީހުގައި ވަޒީރަށް އިތުބާރު ނެތްކަމަށް ވޯޓުދޭން. އެހެންވީމަ އެ އަދަދު ހަމަނުވާތީވެ އަދި ކުރިއަށް ޖޫން 2 ވަނަ ދުވަހު މިބޭފުޅުން ރާވާފައި އޮތް މުޒާހަރާއަށް ގުޅޭއިރުގައި، މި ވޯޓު އޭގެކުރިން ނަގައިގެން ވަޒީރުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްވެއްޖެކަމަށް ވާނަމަ، މިބޭފުޅުންގެ މުޒާހަރާއަށް އޭގެ އަސަރެއް ކޮށްފާނެކަމަށް ދެކިވަޑައިގަންނަވާތީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރިޔާސަތުގައި އިންނެވި ބޭފުޅާ އެ ބޭފުޅާގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން މިއަދު މި ވޯޓު ނެގުނަ ނުދިނުން ބޭނުމަކީ"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ

އެކަންކަން ފާހަގަކުރައްވާ ރޮޒައިނާ އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކު އެ ވޯޓު ނެގިކަމުގައި ވީ ނަމަވެސް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވާނެކަމަށެވެ. އަދި އެ އަދަދަށް ވޯޓު ވެސް ހަމަ ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް އެތުރިފައިވާ ގޮތަށް ބަލާއިރު، މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ސަރުކާރު ހިންގާ ޕައި ޕާޓީ އެމްޑީޕީގެ އަތުގައެވެ.

އެމްޑީޕީން 12 މެމްބަރުން ވަކިވެފައި ވީ ނަމަވެސް، މިހާރު މަޖިލީހުގައި ތިބި އެހެން ޕާޓީތަކުގެ މެމްބަރުން އެއްކޮށްގެން ވެސް އެމްޑީޕީގެ މެޖޯރިޓީއާއި އަރާ ހަމައެއް ނުކުރެވެއެވެ.

އެހެންކަމުން، މިހާރު މަޖިލީހުގައި އޮތް ބަންޑާރަނައިބާއި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރުމަކީ ނާދިރުކަމެއްކަމަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ދަނީ ވިދާޅުވަމުން ނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
14 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި
14 Oct 2026 ހަބަރު

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

އަމާން ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ނުދެއްކުމާ ގުޅިގެން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭ ތަން ހުސްކުރުމަށް އެފްޑީސީން ވަނީ އަންގައިފައެވެ.

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ
14 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދުގައި ނުގުޅި އޮތީ އެންމެ ސެގްމަންޓެއް ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅާލާ ކޮންމެ ސެގްމަންޓަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ހަރުކުރާ ބައިތަކެކެވެ. މި ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.