ޑރ މުއިއްޒަށް ހިންނަވަރުން ހޫނު މަރުހަބާއެއް ކިޔުން/ ފޮޓޯ: ޕީޕީއެމް
ޑރ މުއިއްޒަށް ހިންނަވަރުން ހޫނު މަރުހަބާއެއް ކިޔުން/ ފޮޓޯ: ޕީޕީއެމް
ހަބަރު 31 Aug 2023 | 12:39

ރައީސް ޞާލިހުގެ ރަށް، ހިންނަވަރުން ގޮވާލީ "އެއްބުރުން މުއިއްޒު" ނަގާނަން!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އުފަން ރަށް، ޅ ހިންނަވަރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޑރ މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި ބ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށްފަހު، މިއަދު ވަނީ ޅި ހިންނަވަރަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު އެ ރަށަށް ވަޑައިގަތުމުން ސަޕޯޓަރުން ވަނީ ރަތްދޫލައިގައި މަރުހަބާ ދަންނަވާފަ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ޑރ މުއިއްޒުގެ އިސްތިގުބާލުގައި ބަނދަރު ސަރަހައްދުގައި ތިބިކަން ފާހަގަކޮށްލެވެއެވެ. އަދި ގެތަކުގައި ތިބި ފަރާތްތައް ތައް ނިކުމެ ޑރ މުއިއްޒަށް ހިތްވަރުދީ "ސާބަސް" ދެމުން ދިޔަ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

ޑރ ހިންނަވަރަށް ވަޑައިގަތުން 

ޑރ މުއިއްޒުގެ އިސްތިގުބާލަށް ނިކުތް ސަޕޯޓަރުން ބުނަމުން ދިޔައީ މި ރިޔާސީ އިންތިޚާބު އެއްބުރުން ޑރ މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ހިންނަވަރުގެ މެޖޯރިޓީ ޑރ މުއިއްޒަށް ހޯދައިދިނުމަށް މަސައްކަތްވެސް ކުރަމުންދާނެ ކަމަށެވެ.

ޑރ މުއިއްޒުގެ ހިންނަވަރަށް ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް، އެމްޑީޕީގެ ސަޕޯޓަރުން ވަނީ ބަނދަރުމަތީގައި ރީނދޫ ކުލައިގެ ދިދަ ދަމާ، ޑރ މުއިއްޒު ލޯންޗުކޮޅު ފާލަމާއި ގާތްކުރާ ދިމާގައި ފޮތިދަމާ ރަށަށް އެރުމަށް ދަތިވާނެގޮތަށް ބެނާތައް ހަރުކުރުމަށް މަސައްކަތްކޮށްފަ އެވެ.

އެހެން ނަމަވެސް، އެފަހުން އެ ފަހުން ވަނީ، ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުންގެ އެހީތެރިކަމާއެކު މައްސަލަ ޙައްލުކޮށްފަ އެވެ.

ޑރ މުއިއްޒު ހިންނަވަރަށް ވަޑައިގަތުން 

ޑރ މުއިއްޒު ވަނީ ހިންނަވަރުގައި ކެމްޕޭނު ޖަލްސާއެއް ބާއްވާ، އެ ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެ މުހިންމު ކަންކަން ހިއްސާކުރައްވާފަ އެވެ.

އަދި ރިޔާސީ އިންތިޚާބާއި ހަމަޔަށް މު އޮތް ކުޑަ ދުވަސްކޮޅުގައި ކެމްޕޭނު ހަރަކާތްތައް މިހާރަށްވުރެ ވަރުގަދަކޮށް، ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކޮށްދިނުމަށް ހިންނަވަރުގެ މެޖޯރިޓީ ހޯއްދަވާދެއްވުމަށް ވެސް ޑރ މުއިއްޒު ވަީ ސަޕޯޓަރުން އަރިހުން އެދިވަޑައިގެންފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.