އެމްޑަބްލިއުއެސްސީ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން.. ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން.. ފޮޓޯ: އެމްޑަބްލިއުއެސްސީ
ހަބަރު 31 Oct 2026 | 08:12

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

ޤައުމީ ފެންކުންފުނި މާލެ ވޯޓާ އެންޑް ސުވެރެޖް ކޮމްޕެނީގެ 2026 ވަނަ އަހަރުގެ އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑްތައް ދީފިއެވެ.

ސްޓާފް އެވޯޑް ހަފްލާގައި 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

މި ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާނު، އެމްޑަބްލިޔުއެސްސީގެ ބޯޑުގެ އެކްޓިން ޗެއާޕަރސަން ޢައިޝަތު ރޫޙީ އާއި ބޯޑު ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ އަދި ސީނިއާ މެނޭޖްމަންޓް ޓީމުގެ މެންބަރުންނެވެ. ހަފްލާ ބޭއްވީ ފާއިތުވި އަހަރު ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނާއި ކުންފުންޏަށް ދިގު ޒަމާނެއް ވަންދެން ޚިދުމަތް ކުރި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

އެ ރޭގެ ރަސްމިއްޔާތުގައި އެންމެ ޚާއްޞަ އެވޯޑް ކަމުގައިވާ "ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް" ހާސިލުކުރީ ކުންފުނީގެ ސީނިއާ އިލެކްޓްރިކަލް އިންޖިނިއަރު އާސިފް ޙަސަން ޖަނާހް މޫސާއެވެ.

ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށް، ކުންފުނީގެ ތަސައްވުރު ކުރިއެރުވުމުގައި ކެނޑިނޭޅި މަސައްކަތްކޮށްދީފައިވާ ފަރާތަކަށް ދެވޭ މި އެވޯޑަކީ ކުންފުނީގެ އެންމެ ޝަރަފުވެރި ޝުކުރުގެ ރަމުޒެވެ.

ޤައުމީ ފެން ކުންފުނީގެ ސްޓާފް އެވޯޑް ނައިތްގެ ތެރެއިން..
ޤައުމީ ފެން ކުންފުނީގެ ސްޓާފް އެވޯޑް ނައިތްގެ ތެރެއިން..

ހަމައެއާއެކު މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވަނީ "ވަންއެމްޑަބްލިޔުއެސްސީ" (OneMWSC) ގެ ނަމުގައި ސްޓްރެޓީޖިކް އޮނިގަނޑެއް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފައެވެ.

މި އިނީޝިއޭޓިވް ބިނާވެފައި ވަނީ މުޅި ރާއްޖޭގައި އެމްޑަބްލިޔުއެސްސީން ހިންގާ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކާއި އިޖުތިމާޢީ ޒިންމާގެ ޙަރަކާތްތަކާއި ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ގެންދެވޭނެ ގޮތް ހެދުމުގެ މައްޗަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
30 Oct 2026 ހަބަރު

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ.

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން
30 Oct 2026 ހަބަރު

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން

ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައް އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ކަމުގައި ވިދާޅުވި އެވެ.

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި
30 Oct 2026 ހަބަރު

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި

މާލެއާ ވިލިމާލެ ބްރިޖުން ގުޅާލާފައިވާއިރު މިއަދު ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލެވުމަކީ މުހިންމު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ
28 Oct 2026 ހަބަރު

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އެމްޑަބްލިޔުއެސްސީން މިހާރު ނަގަމުންދާ މީޓަރުގެ ރީޑިންގްތަކަކީ، ބިލް ކުރުމުގެ އައު މަރުހަލާގެ ފެށުމުގެ ގޮތުގައި ބަލާނެ ރީޑިންގްތަކެއް ކަމަށާއި، ކަސްޓަމަރުންނަށް ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގެ ބިލިންގ ސައިކަލުގައި ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ )އެމްޑަބްލިޔުއެސްސީ( އިން ހާމަކޮށްފިއެވެ.