އާންމުު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ސަރަހައްދު.. ފޮޓޯ: އެމްޓީސީސީ
އާންމުު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ސަރަހައްދު.. ފޮޓޯ: އެމްޓީސީސީ
ހަބަރު 31 Oct 2026 | 12:21

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މާލޭގެ އަމީނީ މަގު މަރާމާތުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ މަގުގެ 3 ވަނަ ސެގްމަންޓުގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން އެމްޓީސީސީން ބުނީ، 3 ވަނަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން ހަލާކުވެފައިވާ 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިވާކަމަށެވެ. މީގެއިތުރުން ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމާއި، ޓްރެފިކް ފަސޭހަކުރުމަށްޓަކައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ އެންމެހައި މަސައްކަތްތައްވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތުކުރުމުގެ ގޮތުން 3 ވަނަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ނިންމާފައިވަނީ ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސެގްމަންޓް 1 ގެ އިތުރުން، އަޑު ކުރިމަތީ ހަތަރުއަނގޮޅި ހިމެނޭ ސެގްމަންޓް 2 ގެ މަސައްކަތެވެ. މި ދެ ސަރަޙައްދުގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ ޢާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި ހިނގާ ހަފުތާގެ ތެރޭގައި 3 ވަނަ ސެގްމަންޓް ޢާންމުންނަށް ހުޅުވާލުމަށްފަހު، ސެގްމަންޓް 4 ގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ.

ސަރުކާރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މި މަސައްކަތްތައް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި
31 Oct 2026 ހަބަރު

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

ސްޓާފް އެވޯޑް ހަފްލާގައި 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
30 Oct 2026 ހަބަރު

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ.

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން
30 Oct 2026 ހަބަރު

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން

ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައް އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ކަމުގައި ވިދާޅުވި އެވެ.

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި
30 Oct 2026 ހަބަރު

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި

މާލެއާ ވިލިމާލެ ބްރިޖުން ގުޅާލާފައިވާއިރު މިއަދު ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލެވުމަކީ މުހިންމު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.