އިންތިހާބުގެ ނަތީޖާ އިއުލާންކުރުން..ފޮޓޯ: ނަތީޖާ އިއުލާންކުރުން ވީޑިއޯގެ ސްކްރީން ޝޮޓް
އިންތިހާބުގެ ނަތީޖާ އިއުލާންކުރުން..ފޮޓޯ: ނަތީޖާ އިއުލާންކުރުން ވީޑިއޯގެ ސްކްރީން ޝޮޓް
ހަބަރު 31 Oct 2026 | 15:12

އެލްޖީއޭގެ ބޯޑު އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ކާމިޔާބުކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާންކުރާ ގޮތުން، އެލްޖީއޭގެ ބޯޑަށް ޖުމްލަ ތިން މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުން ތަމްސީލުކުރާނެ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ.

މީގެ ތެރެއިން ސިޓީ ކައުންސިލްތަކަށް ޚާއްޞަ ކުރެވިފައިވާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މީގެކުރިން އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން، މިއަދު ކުރިއަށްދިޔައީ ރަށު ކައުންސިލަރުންނާއި، ޑަބްލިއުޑީސީތަކުގެ ރައީސުންގެ ފަރާތުން ބޯޑަށް ކަނޑައަޅާ ދެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބެވެ. މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ ވޯޓުލުމުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ވާދަކުރި ދެ ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

މީގެއިތުރުން، ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓް ޢަލީ އަޙްމަދެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޒާފިރާ ވާދަކުރައްވައި، 87 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާއެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއާ ވާދަކުރައްވައި 26 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު
31 Oct 2026 ހަބަރު

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ދިން ވަރުގަދަ ތާއީދެއް ކަމަށެވެ.

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި
31 Oct 2026 ހަބަރު

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ
31 Oct 2026 ހަބަރު

އަމީނީ މަގުގެ ސެގްމަންޓް 3 ގެ މަސައްކަތް ނިންމައި މި ހަފުތާގައި ހުޅުވާލަނީ

މި ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި
31 Oct 2026 ހަބަރު

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

ސްޓާފް އެވޯޑް ހަފްލާގައި 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ
31 Oct 2026 ހަބަރު

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.