ރައީސުލްޖުމްހޫރިއްޔާ މުލީއާގެއަށް ބަދަލުވެ ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ދިރިއުޅުއްވުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގެއަށް ބަދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުލީއާގެއަށް ބަދަލުވެ ވަޑައިގަންނަވާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
ރައީސުލްޖުމްހޫރިއްޔާާ އިބްރާހިމް މުހައްމަދު ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވީ ފަޒްނާގެ ގެކޮޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މުލީއާގެއަށް ބަދަލުވެވަޑައިގެންނެވީ، އެގޭގެ މަރާމާތްތަކެއް ކުރެއްވުމަށްފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްވެސް ވަނީ ރަސްމީ ގެކޮޅަކަށް ބަދަލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައެވެ. ނައިބު ރައީސް ދިރިއުޅުއްވަން ހަމަޖެހިފައިވަނީ ހިލާލީގޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް