ތުރުކިއޭގެ ހިސާބެއް.. ފޮޓޯ؛ އޭއޭ
ތުރުކިއޭގެ ހިސާބެއް.. ފޮޓޯ؛ އޭއޭ
ދުނިޔެ 20 Jul 2026 | 11:54

މެދުއިރުމަތީގައި ތިބި ދެކުނު ކޮރެއާގެ ރައްޔިތުން އެނބުރި ޤައުމަށް ދިއުމަށް އަންގައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މެދުއިރުމަތީގެ މަޝްރަހް ގޯސްވަމުންދާތީވެ އެސަރަހައްދުގެ ޤައުމުތަކުގައިތިބި ދެކުނު ކޮރެއާގެ ރައްޔިތުން އެނބުރި ޤައުމަށް އައުމަށް އެޤައުމުގެ ސަރުކާރުން އަންގައިފިއެވެ.

ދެކުނު ކޮރެއާގެ ހާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ޤައުމުތަކަށް ކުރު މުއްދަތަށް ޒިޔާަރތްކޮށްގެން އުޅޭ އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް އައުމަށް އެދޭކަމަށެވެ. ދެކުނު ކޮރެއާގެ ހާރިޖިއްޔާގެ ނައިބެއް ކަމަށްވާ ކިމް ޖީނާ ވިދާޅުވީ، މި ފިޔަވަޅު އެޅުމަށް ނިންމީ މެދުއިރުމަތީގެ މަޝްރަހް މިވަގުތު އޮތްގޮތުންކަމަށެވެ. އެގޮތުން މިދިޔަ މާޗު މަހުން ފެށިގެން މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ "ލެވެލް 3" ގެ ޓްރެވަލް އެޑްވައިޒަރީ (ކޮންމެހެން ދާންޖެހިގެން މެނުވީ ދަތުރު ނުކުރުމަށް އަންގާ އިންޒާރު) ނެރެފައިވާ ގައުމުތަކަކަށް ވާތީ، ކޮންމެހެން މަޑުކުރަންޖެހޭ ފަދަ މުހިންމު ސަބަބެއް ނެތްނަމަ އެނބުރި ޤައުމަށް ދަތުރު ފެށުމަށް އޭނާ ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ދެކުނު ކޮރެޔާގެ ފޮރިން މިނިސްޓްރީން ވަނީ އީރާނާއި އިޒްރޭލުގައި ހުރި އެ ގައުމުގެ އެމްބަސީތައް ހިމެނޭހެން 17 ޑިޕްލޮމެޓިކް މިޝަނެއްގެ އިސްވެރިންނާ އާދީއްތަ ދުވަހު ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުވުމަކީ މެދުއިރުމަތީގައި ތިބި ކޮރެޔާގެ ރައްޔިތުންނާއި އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖައާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މެދުއިރުމަތީގެ މައްސަލާގައި ކިމް ޖީނާ ވަނީ ޔަމަނުގެ ހޫތީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ އަސްކަރީ ހަމަނުޖެހުންތަކާ ގުޅިގެން، ރަތްކަނޑުގައި ދަތުރުކުރާ ކޮރެޔާގެ އުޅަނދުފަހަރުގެ ސަލާމަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ގޮވާލައްވާފައެވެ.

އިންޑިއާ ސަރުކާރުންވެސް ވަނީ އެ ގައުމުގެ ރައްޔިތުން އީރާނުގެ މަސްރަހު ރަނގަޅުވަންދެން އެ ގައުމަށް ދަތުރުކުރުން ފަސްކުރުމަށް އަންގާފައެވެ. އީރާނުގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު އައު އިރުޝާދެއްގައި، މިވަގުތު ލިބެންހުރި ވައިގެ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަގުތީ ގޮތުން އީރާނުން ބޭރަށް ދިއުމަށް ރައްޔިތުންނަށް ލަފާދީފައިވެއެވެ.

ހަމައެއާއެކު، އުރުދުންގައި ތިބި އިންޑިއާގެ ރައްޔިތުންވެސް ސަމާލުވެ ތިބުމަށާއި، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް އުރުދުންގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ނިމިދިޔަ މަހު ޕާކިސްތާނު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، ހޯމޫޒް ކަނޑުއޮޅީގައި މިދިޔަ ހަފުތާގައި ދެފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުމާ ގުޅިގެން މަސްރަހު އަނެއްކާވެސް ވަނީ ނުތަނަވަސްވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 Sep 2026 ދުނިޔެ

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއ...

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
23 Sep 2026 ދުނިޔެ

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރި...

ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
22 Sep 2026 ދުނިޔެ

ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަން ފެއްޓެވުމާއެކު އީރާނުގެ ވަފްދުން ޖަލްސާ ދޫކޮށް ނިކުމެއްޖެއެވެ. އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގ...