މި އަހަރު 1،200 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު އިތުރުވި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މިއަހަރުގެ މިހާތަނަށް 1،200 އަށް ވުރެ ގިނަ އެނދު އިތުރު ވެފައިވާ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގައި ހުރީ 13,657 ގެސްޓްހައުސް އެނދެ އެވެ.
ނަމަވެސް މިހާރު އެނދުގެ އަދަދު ވަނީ 14,903 އަށް އިތުރުވެފަ އެވެ. މިއީ 1,246 އެނދު އިތުރުވުމެކެވެ.
މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 809 ގެސްޓްހައުސް ހުރިއިރު މި އަހަރު މި އަދަދު ވަނީ 883 އަށް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގެ ދައިރާގައި ފަތުރުވެރިންނަށް ހިދުމަތް ދޭންހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 62،814 އަށް އިތުރު ވެފަ އެވެ.
ގެސްޓް ހައުސް އެނދުގެ ގޮތުން މިވަގުތު މާފުށި އެންމެ ކުރީގައި އޮތް ނަމަވެސް ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގެސްޓް ހައުސްގެ ވިޔަފާރި މިހާރު އެންމެ ފުޅާވަމުން އަންނަނީ އއ. ތޮއްޑޫ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް