N/A
N/A
ހަބަރު 05 Dec 2018 | 16:48

ހަތަރު އަހަރުފަހުން އަނެއްކާވެސް މާލެ "ފެނަށް"

މާލެއަށް މިއަދު ކުރަމުންދާ ވިއްސާރާގައި މާލެގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެ އާއްމު ހާލަތު ހުއްޓުމަކަށް އައިސްފައެވެ.

ރާއްޖޭގެ ދިފާއީބާރާއި ފުލުހުން އަދި ސަރުކާތުގެ މުއައްސަސާތަކުން ފެނުން އާންމުންރައްކާތެރިކުރުމަށް އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

މާލެ މިއަދު ފެނުގެ ބޮޑު ކާރިސާއަކާކުރިމަތި ލައިގެން އުޅޭއިރު މީގެ ހަތަރުއަހަރު ކުރިން މިއަދު 05 ނޮވެންބަރު 2014 ވަނަ ދުވަހު މާލެ އޮތީ ފެނަށްޖެހިފައިކަން ފާހަގަކޮށްލަންޖެހެއެވެ.

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ (އެމްޑަބްލިއުއެސްސީ) ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މާލޭގެ ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ސަރުކާރުން ދިޔައީ މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުނެނެވެ.

މިއާއެކު ސަރުކާރުން މާލޭގައި ކާރިސާގެ ހާލަތު އިއުލާންކޮށް ހާއްސަ ޓާސްކް ފޯހެއް އުފައްދަވާ ވަގުތުން ވަގުތައް މާލޭގެ އެކި ސަރަހައްދުތަކަށް ސަރުކާރުން ފެން ފޯރުކޮށްދޭން ފެށިގެންދިޔައެވެ.

މާލެ ރައްޔިތުން އެތަކެއް ޒަމާނަކަށް ފަހު ފެން ކިއުތަކަށް އަރަންޖެހުނު މި ހާދިސާއަށް ހަތަރު އަހަރުފަހުން މިވަނީ މިފަހުގެ ތާރީހުގައި ފެންބޮޑު ނުވާ މިންވަރަށް މާލޭގައި ފެންބޮޑުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މާލެގެ މަގުތަކުން ފެންހިންދުމުގެ ނިޒާމެއްވަނީ ޤާއިމްކުރެވިފައެވެ. ނަމަވެސް އެނިޒާމަށް ބަޔަކު ގެއްލުންދިނުމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ވެހޭ ވާރޭއާއެކު މާލޭގައި މިފަހަރުން އަންނަނީ ފެންބޮޑުވުމުގެ މައްސަލަ އިތުރުވަމުންނެވެ.

ސޯޝަލް މީޑިއާގައި އާއްމު ފަރާތަކުން ލިޔެފައިވާގޮތުގައި "މީގެ 4 އަހަރުކުރިން އެދުވަހު ފެނަށް އެދި އާދޭހުގެ ކިއުތަކެއްގައި، މިއަދު ފެންބޮޑުވެ މުސީބާތެއްގައިވާކަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.