32 ކިލޯމީޓަރު ދުރުގައި ހުރެގެން އިންޑިޔާގައި އޮޕަރޭޝަނެއް ކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާގައި ޑޮކްޓަރަކު، އޭނާގެ ޕޭޝަންޓާއި 32 ކިލޯމީޓަރު ދުރުގައި ހުރެގެން ރޮބަޓެއް މެދުވެރިކޮށް ސާޖަރީކޮށްފިއެވެ.
އިންޑިޔާގެ ގުޖުރާތު ސްޓޭޓްގެ އަހުމަދުއާބާދުގައި 15މިނެޓުގެ މި އޮޕަރޭޝަންކޮށްފައިވަނީ 32 އަހަރުގެ އަންހެނެއްގެ ލޭދައުރުވުން ރަނގަޅުކުރުމަށް ސްޓެންޓެއް ލެއްވުމަށެވެ. މި އޮޕަރޭޝަން ރޮބަޓެއްގެ ޒަރިއްޔާއިން ކުރިކަމުގައިވިޔަސް، އެ ތަނުގައި ސާރޖަނުންވެސް ތައްޔާރީ ހާލަތުގައި އެތަނުގައި ތިއްބެވެ.
32ކިލޯމީޓަރު ދުރުގައި ހުރެގެން ޑރ.ތޭޖަލް ޕަޓޭލް މި އޮޕަރޭޝަންކޮށްފައިވަނީ ހައި ސްޕީޑުގެ އިންޓަރނެޓް މެދުވެރިކޮށް ރޮބަޓެއްގެ ޒަރިއްޔާއިންނެވެ.
މިފަދަ އޮޕަރޭޝަންތައް އިތުރުވެއްޖެނަމަ ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތައް ލިބި މީހުންގެ ފުރާނަ ސަލާމަތްވާ އަދަދު އިތުރުވެދާނެކަމަށް ތަޖުރިބާކާރުންދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް