ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ތ އަތޮޅުގައި ރަސްމީކޮށް މިރޭ ފަށައިފި އެވެ.
އެ އަތޮޅުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހިދުމަތް ފެށުން އޮތީ ވޭމަންޑޫގަ އެވެ.
ތ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމާއެކު މިހާތަނަށް 13 އަތޮޅެއްގައި އެ ހިދުމަތް ފެށުނީ އެވެ.

އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
މި މަޝްރޫއުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް