ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ގއ.ގެމަނަފުށީގައި ބާއްވައިފި
ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ގއ.ގެމަނަފުށީގައި ބާއްވައިފިއެވެ.
ފަލަޞްޠީނާއެކު ގެމަނަފުށި ތިބިކަން އަދި ފަލަޞްޠީން މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ބާއްވާފައި ވަނީ މިއަދު ހަވީރުއެވެ.
މި ހިނގާލުމުގައި ގެމަނަފުށީގެ ކުދިބޮޑު އެންމެން ބައިވެރިވެފައިވެއެވެ.
ގެމަނަފުށީ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި އެ ރަށު ކައުންސިލްގެ ރައީސާއި ބައެއް ޒުވާނުން ވަނީ ވާހަކަ ދައްކާފައެވެ.

ނިރުބަވެރި އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ދަނީ ގެދޮރު ނެތިވެ، ހައިހޫނުކަންމަތީގައި ޝަހީދުވަމުންނެވެ. ކާނެ އެއްޗެއް ނުލިބި މިދިޔަ ރަމަޟާން މަހުވެސް ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ވަނީ ދުނިޔެ ދޫކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް