‏އިތުބާރު ކެމްޕެއިން ތިނަދޫ ސިޓީ ހަރުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
‏އިތުބާރު ކެމްޕެއިން ތިނަދޫ ސިޓީ ހަރުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު 07 Jun 2026 | 06:43

ޗެއާޕާސަން ކަމަށް އިންތިޚާބު ކުރަންވާނީ ޕާޓީ ލީޑަރުންނަށް ހަމަހަމަ ފުރުސަތުދޭނެ ބޭފުޅެއް: ޞާލިޙް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ކުރަންވާނީ ޕާޓީ ލީޑަރުންނަށް ހަމަހަމަ ފުރުސަތު ދެވޭނެ ބޭފުޅެއް ކަމަށާ އެ ފުރުސަތު ދެއްވާނެކަން އެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމްގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އިތުބާރު ކެންޕެއިން ޓީމުން ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ޕާޓީ ބައިބައިވެ، ޕާޓީން އެއްބަޔަކު ވަކިވެގެން ދިޔުމުން ކަމަށެވެ. އަދި އެމްޑީޕީ ޗެއާޕާސަން ކަމަށް މީކާއިލް ހޮވިއްޖެ ނަމަ އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށާ، އޭނާގެ މެނިފެސްޓޯގައިވެސް ގިނަބަޔަކު ގުޅިގެން މަސައްކަތް ކުރުމަށް ލިޔެފައިވާ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ”ތިމަންނައާ ތިމަންނަ ވަށައިގެން ތިބި މީހުން އެކަނި ކައިރިކޮށްގެން“ ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާ، އެމްޑީޕީގައިވެސް އެ އިންތިޚާބަށް ވާދަކުރައްވަން ބޭނުންވާ އެތައް މެންބަރުން ތިބި ކަމަށެވެ.

އެ ހުރިހާ ބޭފުޅުންނަށް ހަމަހަމަ ފުރުސަތެއް، ޕްލެޓްފޯމެއް ދެއްވާނެ ކަމުގެ ވާހަކަ (މީކާއިލް) އެ ވިދާޅުވަނީ. ހަމަހަމަ ފުރުސަތެއް ދީގެން، އަޅުގަނޑު މިދެންނެވިހެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ސިޔާސަތު ތަކާއެކު އަންނަ ބޭފުޅަކަށް އެ ފުރުސަތު ދެއްވާނެ ކަމަށް މީކާއިލް އެ ވިދާޅުވަނީ… މިގައުމަށް އެންމެ ފައިދާ ހުރިގޮތަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަކި ފަރާތަކަށް ނުޖެހި އެންމެންނަށް ހަމަހަމަ ފުރުސަތު ދީ، މި ޕާޓީ މި ރާއްޖޭގައި ހިންގޭނެ ގޮތަކަށާ، އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް ހަމަހަމަ ފުރުސަތު ޗެއާޕާސަން ކަމަށް މިވަގުތު އިންތިޚާބު ކޮށްގެން.

ރައީސް ޞާލިޙް

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، މިހާތަނަށް ބޭއްވުނު ހުރިހާ ރިޔާސީ އިންތިޚާބުތަކެއްވެސް ކާމިޔާބު ކުރެވުނީ ކޯލިޝަންއެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށް ގިނަ ޕާޓީތަކެއް ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ.

އަދި އެމަނިކުފާނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނަށް ސަރުކާރުގެ މަގާމުތަކަށް އައްޔަނު ކުރެއްވި ކަމަށާ، އެފަދައިން ކަން ކުރެއްވުމުން، ކުރެއްވީ އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށް ވިދާޅުވެ ފާޑުކިޔާފައިވާކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް އެފަހަރުވެސް ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވުމުން، އެ ކޯލިޝަންގެ ވެރިންގެ މެދުގައި ވެވުނު އެއްބަސްވުމެއް އޮތް ކަމަށާ، އޭގައި ސަރުކާރު ހިންގާނެ ގޮތް ލިޔެވިފައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ވެރިކަން ކުރެއްވީ އެ އެގްރީމަންޓާއި އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.