N/A
N/A
ހަބަރު 29 Nov 2018 | 07:56

މީޓޫ މޫވްމަންޓް: ދުނިޔެ ބަދަލުކޮށްލި ހޭޝްޓެގެއް!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އަންހެންކުދިންނާއި އަންހެންކަނބަލުންނަށް ކުރެވޭ ތަފާތު ގޯނާތަކުގެ ވާހަކައަކީ މި ދުނިޔެއަށް އާ ވާހަކަތަކެއް ނޫނެވެ. އެ ވާހަކަތަކަކީ އޭގެ މައްޗަށް މުޅި ދުނިޔެ ލަދުވެތިވާންވީ ފަދަ އަމަލުތަކެއް ހިނގައިފައިވާ ވާހަކަތަކަކަށް ވީއިރު، ފަހަކަށް އައިސް ސޯޝަލް މީޑިޔާގެ ވަސީލަތްތަކުން އަންހެނުންނަށް ކުރެވޭ ގޯނާތަކުގެ ވާހަކަތައް ދައްކައި، އެކަމާއި މެދު ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިގޮތުން އެންމެ މުހިންމު އަދި މަގުބޫލު އެއް ހަރަކާތަކަށް ވާނީ މީޓޫ މޫވްމެންޓްއެވެ. ހޭޝްޓެގްއެއްގެ ސިފައިގައި މަގުބޫލުވެގެންދިޔަ މި ހަރަކާތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އަންހެނުންނަށް ކުރިމަތިވެފައިވާ ޖިންސީ ގޯނާއާއި ފުރައްސާރައިގެ ވާހަކަތައް، ބިރެއްނެތި ދަނީ ދައްކައި، މުޖުތަމައުގެ ތެރޭގައި ހެޔޮކަމުގެ ނިޣާބު އަޅައިގެން ތިބި އެތައް ބަޔެއްގެ ހަގީގީ ސޫރަ ދައްކަމުންނެވެ.

މީޓޫގެ މޭސްތިރިޔާ ޓަރާނާ ބާރކް

މި ހަރަކާތުގެ ހަގީގީ މޭސްތިރިއަކީ އެމެރިކާއަށް ނިސްބަތްވާ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓެއްކަމުގައިވާ ޓަރާނާ ބާރކްއެވެ. ޓަރާނާގެ މި ހަރަކާތް ހަގީގަތުގައި ފެށިގެން ދިޔައީ ސޯޝަލް މީޑިޔާ ޕްލެޓްފޯމެއް ކަމުގައިވާ މައިސްޕޭސްއިންނެވެ.

މައިސްޕޭސްގައި އޭނާ ކުރަމުންދިޔަ ޕްރޮޖެކްޓެއްގެ ތެރެއިން ދިމާވި ކުއްޖަކަށް ޖިންސީ އަނިޔާ ލިބެމުންދިޔަކަން އެނގުމާއި އެކު އެކަމަށް ސަމާލުކަން ހޯދުމަށް، އެކުއްޖާ ބުނި ބަހެއްގެ މައްޗަށް ބިނާކޮށް، ހޭޝްޓެގް މީޓޫއާއި އެކު އެވާހަކަ ޓްވިޓަރއަށް އަޕްލޯޑްކުރިއެވެ.

އޭރު އެންމެ 500 ފޮލޯވަރުން ޓަރާނާއަށް ލިބިފައިވިޔަސް، އެ ހޭޝްޓެގް އިސާހިތަކު ވައިގައި ހިފައި، އޭގެ ޒަރިއްޔާއިން އެތައް ބަޔަކު އެމީހުންގެ ވާހަކަތައް ހިއްސާކުރިއެވެ.

މީޓޫ މޫވްމެންޓް ބޮޑަށް މަގުބޫލުވާން ފެށީ ހޮލީވުޑް އަދި ބޮލީވުޑް ފަދަ ބޮޑެތި އިންޑަަސްްޓްރީތަކުގައިވެސް، ފަރާތްތަކަށް ޖިންސީ ފުރައްސާރައާއި ގޯނާގެ ތުހުމަތު ކުރެވި، ހޫނުފެނަށް ވެއްޓިގެން ދިޔުމުންނެވެ.

ޓަރާނާ ފެއްޓި މި ހަރަކާތުން މަޝްހޫރު އެތައް ބަޔަކަށް ހިތްވަރު ލިބުނު އިރު، ޓަރާނާވެސް ޓައިމްސް މެގަޒިންގެ ކަވަރ ޕޭޖަށް، އެންމެ ނުފޫޒުގަދަ އެކަކުގެ ގޮތުގައި އަރުވައިދިނެވެ.

މިއަދު އެ ހޭޝްޓެގްވެފައިވަނީ ބޮޑު ހަރަކާތަކަށެވެ. އެތައް ބަޔަކު، އެބަޔެއްގެ ހައްގުގައި ކުރާ ހަނގުރާމައިގެ ވަރުގަދަ ހަތިޔާރަކަށެވެ. އެ ހުރިހާކަމެއްގެ ޝުކުރު ހައްގުވެގެންވަނީ ޓަރާނާާ ބާރކްއަށެވެ. ހަގީގީ ސުޕަރވުމެންއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...