ގަވަރުނަރު އަހުމަދު މުނައްވަރު- ފޮޓޯ/ ރައީސް އޮފީސް
ގަވަރުނަރު އަހުމަދު މުނައްވަރު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު 24 Aug 2026 | 08:48

ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކޮށް، ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތް ހަދަނީ

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ތިން ވަޒީރަކާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ހާމަކުރެއްވި ގޮތުގައި މިހާރު ޤާނޫނުގައި 20 އިންސައްތައިގެ ގޮތުގައި ކަނޑައެޅިފައި އޮތް އެ ނިސްބަތް 40 އިންސައްތައަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ތައްޔާރުވެފައެވެ.

މިހާރު ގެނެސްފައި އިން އިސްލާހަށް އިތުރު އިސްލާހެއް ގެންނަން މި މަސައްކަތް ކުރަނީ. ކުރީގައި އިން 20 އިންސައްތައިގެ ބަދަލުގައި 40 އިންސައްތައަށް އިތުރުކުރަން. އޭރުން އަޅުގަނޑުމެންނަށް މި ޓީޓީއަށް ދެވޭވަރު އިތުރުކުރެވޭނީ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު

ހަމައެއާ އެކު ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރުމަށް މިހާރު އޮންނަ މުއްދަތު ކޮންމެ މަހަކު މާރުކުރާ ގޮތަށް ބަދަލުކުރުންވެސް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ކުރިން އަޅުގަނޑުމެން އެބަދެން ތިންމަސްދުވަސް ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެމްއެމްއޭއަށް މާރުކުރަން. މިހާރު ބަދަލުވެގެންދާނީ އެއްމަސްދުވަހަށް.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު

މީގެ އިތުރުން އެމްއެމްއޭއަށް ޑޮލަރު މާރުކުރުމަށްފަހު، ބާކީ ހުންނަ ޑޮލަރު ހޭދަކުރާގޮތް މޮނިޓާކުރުން ރަނގަޅު ކުރުމަށް ނިންމަވާފައިވާ ކަމަށާ، އެކަން އެހެން ކުރަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާތީ ކަށް މުނައްވަރު ވިދާޅުވިއެވެ.

"ވަރަށް ދުވަސް ވަންދެން ދިރާސާކޮށްފައި އަޅުގަނޑުމެން މި ބަދަލުތައް މި ގެންނަނީ ޓޫރިޒަމަށް ވެސް ޝޮކް ވެސް އެބްސޯބް ވެސް ކުރެވޭ ވަރަށް ބަލާފައި މިހާ ދުވަސް ވަންދެން އޮތް މައްސަލައެއް ވީމާ. ބޭނުމަކީ %100 އަށް ވެސް ގެންދިޔުން" މުނައްވަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު

ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ އާމްދަނީ އާއި ބޭންކުތަކުގެ ޑިޕޮސިޓް އިތުރުވި ނަމަވެސް ތެލަށް ކުރާ ހޭދަ ދެ ގުނައަށް ބޮޑުވުމާ ގުޅިގެން ދައުލަތުގެ ރިޒާވް ވަނީ ދަށަށް ގޮސްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.