އީވާ، ހަސަން އަދި އިންތި
އީވާ، ހަސަން އަދި އިންތި
ހަބަރު 21 Apr 2024 | 22:46

އީވާ، ހަސަން ލަތީފް އަދި އިމްތިޔާޒަށް ވެސް ގޮނޑި ކާމިޔާބެއް ނުކުރެވުނު

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި، މިހާރުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން މާފަންނު

ގަލޮޅު އުތުރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން 27 އިންސައްތަ ވޯޓާއެކު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހީމް، ކުޑޫ އެވެ. އެ ދާއިރާ މިހާރުވެސް ތަމްސީލް ކުރައްވަމުންދާ އީވާ އަށް ލިބިލެއްވީ 20 އިންސައްތަ ވޯޓެވެ.

މީގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާ މިހާރުވެސް ތަމްސީލް ކުރައްވާ ހަސަން ލަތީފް އަށް ލިބިލެއްވީ ފުލުން އެއްވަނައެވެ. އެގޮތުން އެ ދާއިރާއަށް ވާދަކުރެއްވި 5 ކެންޑިޑޭޓުންގެ ތެރެއިން ހަސަނަށް ލިބިލެއްވީ އެންމެ 7 އިންސައްތަ އެވެ. 39 އިންސައްތައާއެކު ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރުގެ ކެންޑިޑޭޓް އަލީ އިބްރާހިމެވެ.

ހަސަންގެ އިތުރުން މިހާރުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިއަށްވެސް ލިބިލެއްވީ އެންމެ 16 އިންސައްތަ އެއްހާ ވޯޓެވެ. އެ ދާއުރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރުގެ ތާއީދާއެކު ވާދަކުރެއްވި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އޭނާއަށް 51 އިންސައްތަ ވޯޓް ލިބިލެއްވިއެވެ.

ޑިމޮކްރެޓްސްގެ މި ތިން ކެންޑިޑޭޓުންގެ އިތުރުން ދެންވެސް މަޖިލީހަށް ވާދަކުރެއްވި ހުރިހާ ކެންޑޮޑޭޓުންނަށްވެސް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. 20 ވަނަ ރައްޔިތިންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ އެންމެ ކެންޑިޑޭޓަކުވެސް ނީންނާނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
09 Jul 2026 ހަބަރު

"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް

"ޑޮލަރެެއް ނެތް" ނަމުގައި އިދިކޮޅު އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފި އެވެ. ޕެނަލް ޑިސްކަޝަން އޮތީ އަންނަ އާދިއްތަ ދުވަހުގެ 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ރައީ...