"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
"ޑޮލަރެެއް ނެތް" ނަމުގައި އިދިކޮޅު އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފި އެވެ.
ޕެނަލް ޑިސްކަޝަން އޮތީ އަންނަ އާދިއްތަ ދުވަހުގެ 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވަނީ މި ޕެނަލް ޑިސްކަޝަން ބާއްވަން ނިންމިކަން އިއުލާނުކޮށްފަ އެވެ.
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
މޮޑަރޭޓް ކުރާނީ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.
"ޑޮލަރެެއް ނެތް" ނަމުގައި އިދިކޮޅު އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމާފައިވާއިރު ޑޮލަރު ނުލިބޭ މައްސަލަ އަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލަ އެކެވެ. ޑޮލަރުގެ ކަޅު ބާޒާރު ބޮޑުވެ މިހާރު ޑޮލަރެއް ގަންނަން ލިބެނީ 21 ރުފިޔާއިން މަތީގެ އަގެއްގަ އެވެ. ޑޮލަރުގެ ރަސްމީ އަގަކީ 15.42ރ ނަމަވެސް ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް