ލެމަން ބަރސް
ލެމަން ބަރސް
ލައިފްސްޓައިލް 01 Mar 2024 | 04:02

ފޮނި އެއްޗެހި ކާހިތްވާ ކުދިން ވާނެ މިވެސް ޓްރައި ކޮށްލަން!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކޮންމެ ލޮނު އެއްޗެއް ކާލާފައި ފޮނި އެއްޗެއްގެ ރަހަ ބަލާލުމަކީ އާއްމުކޮށް އަހަރެެމެންގެ ތެރެއިން ގިނަ މީހުން ކުރާ ހިތްވާ ކަމެކެވެ. އެހެންކަމުން މިއަދުގެ ރެސިޕީ މި ޚާއްސަ ކޮށްލަނީ އެފަދަ ފަރާތްތަކަށެވެ. ހުތް ފޮނި ރަހައެއް ހުންނަ، މި ލެމަން ބަރ އަކީ ކިޔުންތެރިންނަށް ކަމުދާނެ އެއްޗެއް ކަމަށް އުއްމީދު ކުރަމެވެ.

ކްރަސްޓް ހެދުމަށް ބޭނުންވާ ތަކެތި

16 މޭޒުމަތީ ސަމުސާ ބަޓަރ (ރޫމް ޓެމްޕަރޭޗަރ ގައި)

1/2 ޖޯޑު ހަކުރު

1 1/2 ސައި ސަމުސާ ވެނީލާ އެސެންސް

2 ޖޯޑު ފުށް

1/4 ސައި ސަމުސާ ލޮނު

ލެމަން ފިލިން ހެދުމަށް ބޭނުންވާ ތަކެތި

7 ބިސް

2 1/2 ޖޯޑު ހަކުރު

2 މޭޒުމަތީ ސަމުސާ ލުނބޯ ތޮށި

1 ޖޯޑު ލުނބޯ ހުތް ( ދޮންވެފައި ހުރި ބޮޑެތި ލުނބޮލުގެ)

1 ޖޯޑު ފުށް

ކްރަސްޓް ތައްޔާރު ކުރާނެ ގޮތް

1) ބަޓަރ، ހަކުރު، ވެނީލާ އެސެންސް، ފުށް އަދި ލޮނު ތަށްޓަކަށް އަޅާލުމަށްފަހު ހޭންޑް މިކްސަރަކުން އެކުލަވާލާށެވެ.

2) ހިކި ފުށް ކޮޅުކޮޅު ނުހުންނަ ވަރަށް އެއްކޮށް ރީތިކޮށް އެކުލަވާ ލެވުމުން، ޓްރޭ އަކަށް އަޅާލުމަށްފަހު، 175 ޑިގްރީ ސެލްސިއަސްގައި 20-18 މިނެޓް ވަންދެން ނުވަތަ ރަން މުށިކުލަ އަރަންދެން ޕްރީ ހީޓް ކޮށްފައި ހުރި އަވަނަށް ލައި ފިހެލާށެވެ.

ފިލިންގ ތައްޔާރު ކުރާނެ ގޮތާ

1) ބޮޑު ތައްޓެއްގައި ހަކުރާއި ބިސް ހޭންޑް މިކްސަރުން ރަނގަޅަށް އެކުލަވާލާށެވެ.

2) ލުނބޯ ހުތާއި، ގާނާފައި ހުރި ލުނބޯތޮށި އަޅާލުމަށްފަހު، އެކުލަވާލާށެވެ.

3) ދެން އޭގެ ތެރޭއަށް ފުށް އެޅުމަށްފަހުވެސް ވަރަށް ރަނގަޅަށް އެކުލަވާލާށެވެ.

4) ކުރިން ފިހުނު ކްރަސްޓް ކުޑަ ކޮށް ހޫނުކޮށް ހުއްޓައި އޭގެ މައްޗަށް ފިލިން އަޅާލުމަށްފަހު އަވަނަށްލައި 175 ޑިގްރީ ސެލްސިއަސްގައި 30-40 މިނެޓް ވަންދެން ނުވަތަ ފިލިންގ ރޯފިލަންދެން ފިހެލާށެވެ.

5) ފިހެވުމުން އަވަނުން ނަގައި ހިހޫ ވުމުން މައްޗަށް ޕައުޑަރޑް ހަކުރު އެޅުމަށްފަހު ކާންވީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...