ރައީސް ދ.މީދޫގައި ވާހަކަދައްކަވަނީ... ފޮޓޯ:ރައީސް އޮފީސް
ރައީސް ދ.މީދޫގައި ވާހަކަދައްކަވަނީ... ފޮޓޯ:ރައީސް އޮފީސް
ހަބަރު 24 Feb 2025 | 17:27

ބޭސްލިބުން ދަތިވީ ބޭހުގެ އަގު ކުޑަކުރުމާ ގުޅިގެން، ބޭސް ގެންނަ ފަރާތްތަކުން އެކަމަށް ދަތިކުރުމުން: ރައީސް ޑރ.މުއިއްޒު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ބޭސްލިބުން ދަތިވީ ބޭހުގެ އަގު އެސްޓީއޯ ރޭޓަށް ކުޑަކުރުމާ ގުޅިގެން, ބޭސް ގެންނަ އަމިއްލަ ފަރާތްތަކުން އެކަމަށް ދަތިކުރުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިހެން ވިދާޅުވީ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު މީދޫއަށް ކުރި ޒިޔާރަތުގައި މިރޭ އެރަށު ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މެޑިކަލް މާފިޔާގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތަކަށް ރާއްޖެއަށް ބޭސް އެތެރެކޮށް އެ ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު ނުދެއްވާނޭ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، އަމިއްލަ ފަރާތްތަކުން މިހާތަނަށް ބޭސް އެތެރެކޮށް ވިއްކަމުންދިޔައީ 2000 އިންސައްތައާ ހަމަޔަށް ފައިދާލައިގެންކަމަށެވެ.

ރައީސް ވިދާޅުވީ އެފަރާތްތައް ދިޔައީ ބޭސް ބޮޑުއަގުގައި ވިއްކައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް ނަގަމުން ކަމަށާއި މި ސަރުކާރުން އެސްޓީއޯ ރޭޓަށް ބޭހުގެ އަގު ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭސް ގެންނަ އެ ފަރާތްތަކުން ބޭސް ލިބުމުގެ މުއާމަލާތްތަކަށް ދަތިކުރިކަމަށެވެ. ރައީސް ވިދާޅުވީ މިފަހުން ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވެގެން ދިޔައީ އެފަރާތްތަކުން އެކަމަށް ދަތިކުރުމުގެ ސަބަބުން ކަމަށެވެ. ރައީސް ވިދާޅުވީ ބޭސްލިބުމުގައި ދަތިކަމެއް ކުރިމަތިވީ ސަރުކާރުގެ ސަބަބުން ނޫންކަމަށާއި، އެކަން އެހެން އެދިމާވީ ބޭސް ގެންނަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުންކަމަަށެވެ.

ބޭހުގެ މައްސަލައަށް ފިޔަވަޅު އަޅަން ފެށީމައި، އެއްހާސް އިންސައްތަ، ދެހާސް އިންސައްތަ ފައިދާލާފައި އާސަންދައިގެ ތެރެއިން ތިޔަބޭފުޅުންގެ ޓެކްސް ފައިސާއިން ބޭހުގެ ވިޔަފާރިކުރާ އެތައް ބަޔަކު ދިޔައީ ފައިސާ ނަގަމުން. އެއްހާސް އިންސައްތަ ދެހާސް އިންސައްތަ. އެއީ ބޮޑު އިސްރާފެއް. އަޅުގަނޑުމެން އެކަން ހައްލު މި ކުރީ. ޕްރައިޒް ކަޓްޑައުން ކުރީ. އެސްޓީއޯގެ ރޭޓަށް ތިރިކުރީ. ތިރިކުރީމަ މި ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަންފެށީ. ދަތިކުރަން ފެށީމަ ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ އެސްޓިއޯ މެދުވެރިކޮށް ބޭސް ގެނެސް ބޭސް ވިއްކުމުގެ ކަންކަން ކުރަމުންދާކަމަށާއި، މިގޮތުން މާޗްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮންމެހެން ބޭނުންވާ ބޭސްތައް އެއްވެސް ދަތިކަމެއްނެތި އެސްޓިއޯގެ ފާމަސީތަކުން ލިބެންފަށާނޭކަމަށެވެ. އަދި އޭޕްރިލްމަހުގެ 15 އިން ފެށިގެން އެމްއެފްޑީއޭއިން ޤަބޫލުކުރާ ހުރިހާ ބޭހެއް އެސްޓީއޯގެ ފިހާރަތަކުން ލިބެމުންދާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭސް ގެންނަ ފަރާތްތަކުން ބޮޑުއަގުގައި ވިއްކައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިތުހުރި އަދަދަކަށް ފައިސާ ނަގަމުްނދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަށެއްގައި ކުޑަކުޑަ ބޭސް ފިހާރައެއް ހުޅުވާލާ މީހާވެސް އަހަރު ނުވަނީ ބޮޑެތި މަސްދޯނިފަހަރު ބަންނަކަމަށާއި އެއީ ހަޤީޤަތެއްކަމަށެވެ.

ރައީސް ވިދާޅުވީ މެޑިކަލް މާފިޔާ ނައްތާލައި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ބަލްކްކޮށް ބޭސް ގެންނަން ފެށުމުން ދައުލަތުގެ ބައިތުލްމާލުން ބޭހަށްކުރަންޖެހޭ ހޭދަ ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން އެފައިސާ އެހެން ކަންކަމަށް ބޭނުންކުރެވިގެންދާކަމަށެވެ. މިގޮތުން އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ހަރަދުތަކުން ސަލާމަތްވާ 500 މިލިއަނެއްހާ ރުފިޔާ ތައުލީމަށާއި، ރައްޔިތުންގެ ތަރައްޤީގެ އެކި އެކި ކަންކަމަށް ބޭނުންކުރެވި އެ ހަރަދު އުފެއްދުންތެރި ގޮތެއްގައި ކުރެވިގެންދާކަމަށް ރައީސް ޑރ.މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...