ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފާދިއްޕޮޅު ނައިފަރުް ގެއްލުނު ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ އުމުރުން 17 އަހަރުގެ މުހައްމަދު އަހްޔާން ހުސައިން އެވެ.
ފުލުހުން އޭރު ބުނި ގޮތުގައި އަހްޔާން ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ގަޑީން 5:30 ހާއިރު އެވެ.
އެގޮތުން، އޭގެ ފަހުން ހަބަރެއް ނުވެގެން ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައެއް ނުވެ އެވެ. އަހްޔާންގެ ފޮޓޯ އާންމުކޮށް ހޯދަމުންދާ ކަމަށް ފުލުހުން ބުނީ މިއަދު ހަވީރު އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ވޮއިސްއަށް ބުނީ އަހްޔާން ފެނިފައިވަނީ ނައިފަރު ގެއެއްގެ ތެރޭގައި ހުއްޓާ ކަމަށެވެ. ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.
އާއިލާއަށް ހަބަރެއް ނުވެ އުޅުނު ސަބަބެއް ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް