ކޮލޯރެކްޓަލް ސާޖަރީގެ ފުރަތަމަ ދިވެހި ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކޮލޯރެކްޓަލް ސާޖަރީގެ ދާއިރާއިން ފުރަތަމަ ފަހަރަށް ދިވެހި ސަބް ސްޕެޝަލިސްޓަކު ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ގުޅިވަޑައިގެންފިއެވެ.
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
ކޮލޯރެކްޓަލް ސާޖަރީއަކީ ބޮޑުގޮހޮރާއި، ފުރަގަސްފަރާތް އަދި ފުރަގަސްފަރާތު ދޮރަށް ދިމާވާ އެކި ބަލިތަކަށް ހާއްސަ ސާޖަރީގެ ދާއިރާއެކެވެ. މީގެ ތެރޭގައި ކޮލޯރެކްޓަލް ކެންސަރާއި، ފުރަގަސްފަރާތު ބަލިތައް އަދި ގޮހޮރުގެ ތަފާތު ބަލިތަކަށް ދޭ ފަރުވާތައް ހިމެނެއެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި ޑރ. ހައްމާދު އެނބުރި ވަޑައިގަތުމަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް