އެލްޖީއޭގެ ރައީސަކަށް ޒަމީރު އައްޔަނު ކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާ ޕްރައިޒަސް މޫސާ ޒަމީރު ރައީސުލް ޖުމުހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފި އެވެ.
މިއީ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިފަހުން ގެންނެވި ބޮޑު ބަދަލާއެކު އެލްޖީއޭގެ ބެލެނިވެރިކަން ބަދަލުވުމާއި ގުޅިގެން ގެންނެވި ބަދަލެކެވެ.
ކުރީން އޮތީ ހޯމް ލޭންޑް އެންށް ސެކިއުރިޓީ މިނިސްޓްރީގެ ދަށުގަ އެވެ.
އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެވެ.
އެ އޮތޯރިޓީން ބުނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާ ޕްރައިޒަސް މޫސާ ޒަމީރު ރައީސުލް ޖުމުހޫރިއްޔާ މިއަދު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް