ނޮވެންބަރު 3ގެ ހަނދާނީ އައްޑަނަ ޝަހީދުންގެ ޢާއިލާތަކަށް އަރުވައިފި
ނޮވެމްބަރު 3ގެ ހަނދާނީ އައްޑަނަ، ޝަހީދުންގެ ޢާއިލާތަކަށް އަރުވައިފިއެވެ.
ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އައްޑަނަ އަރުވާފައިވަނީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނޮވެންބަރު 3ގެ ޝަރަފުގެ ހަނދާނީ އައްޑަނައަކީ އެ ދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދީފައިވާ އައްޑަނައެކެވެ.
ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި 19 ބޭފުޅަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޢާންމުންނާއި ސިފައިންގެ 8 ބޭކަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް