ނަބާހާ އަބްދުލް ރައްޒާގު
ނަބާހާ އަބްދުލް ރައްޒާގު
ކުޅިވަރު 28 Jul 2024 | 09:50

ފުރަތަމަ މެޗުން ނަބާހާ ބަލިވެއްޖެ

ފުރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ބެޑްމިންޓަން އަންހެނުންގެ ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ފާތުމަތު ނަބާހާ އަބްދުލް ރައްޒާގު ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާގެ ޕުސާލާ ވެންކަޓާ ސިންދޫ އަތުން ސީދާ ދެ ސެޓުން ނަބާހާ ބަލިވެއްޖެއެވެ.

ދުނިޔޭގެ އަންހެނުންގެ ރޭންކިންގގެ 13 ވަނައިގައި މިވަގުތު އޮތް އިންޑިއާގެ ޕުސާލާ ވެންކަޓާ ސިންދޫ އަކީ ދެފަހަރެއްގެ މަތިން އޮލިމްޕިކްސްގައި މެޑަލް ހޯދާފައިވާ ފެންވަރުގެ ގޮތުންނާއި ތަޖުރިބާގެ ގޮތުންވެސް ވަރަށް ތަފާތު މޮޅު ކުޅުންތެރިއެކެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދާފައިވާ ސިންދޫ އާއި ދެކޮޅަށް ނަބާހާ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ނަބާހާ ފެށީ ވަރަށް ވަރުގަދަކޮށެވެ. އަދި މިސެޓުގެ ކުރީކޮޅު 4-4 ގެ ނަތީޖާއަކުން ދެކުޅުންތެރިން އެއްވަރުވި ނަމަވެސް ސިންދޫ ވަނީ އޭނާގެ ތަޖުރިބާ ބޭނުންކޮށް ނަތީޖާގެ ފަރަގުބޮޑުކޮށްފައެވެ. އަދި މިސެޓް ސިންދޫ ކާމިޔާބުކުރީ 11 ޕޮއިންޓްގެ ލީޑަކާއެކު 9-21ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ސިންދޫ ފެނިގެންދިޔައީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. އަދި މިސެޓް ފަސޭހަކަމާއެކު ސިންދޫ ކާމިޔާބުކޮށްފައިވަނީ 14 ޕޮއިންޓްގެ ފަރަގަޖާއެކު 6-21ގެ ނަތީޖާ އަކުންނެވެ. ނަމަވެސް މުޅި މެޗުގެ ކުޅުމަށް ބަލައިރު މެޗުން ބަލިވިނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސިންދޫ އާއި ދެކޮޅަށް ނަބާހާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހިތްވަރުގަދަ އުންމީދީ ކުޅުމެކެވެ.

ޕެރިސް އޮލިމްޕިކްސްގެ ބެޑްމިންޓަން އަންހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި ނަބާހާ ދެން ވާދަ ކުރަން ޖެހޭނީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...