އާރުޑީސީ އިން ދިއްދޫ ބަނދަރުގައި ޓްރީޕިޓް ބެހެއްޓުމުގެ މަސައްކަތްކޮށްފި
ހއ. ދިއްދޫ ބަނދަރުގައި ގަސް އިންދުމަށް ބޭނުންވާ ޓްރީޕިޓް ބެހެއްޓުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރުޑީސީ އިން ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އާރުޑީސީ އިން މިމަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިންމާލައިފައެވެ.
އާރުޑީސީ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނިން ދަނީ އެކިއެކި މަޝްރޫޢުތަށް ވެސް ހިންގަމުންނެވެ.
އެގޮތުން އާރުޑީސީ އިން މިވަގުތުވެސް އަންނަނީ ނ. ހޮޅުދޫ އާއި އދ. މާމިގިލީގެ މަގުހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް