N/A
N/A
ހަބަރު 01 Dec 2018 | 15:33

ޑިފެންސް މިނިސްޓަރ މާރިޔާގެ ވާހަކަފުޅުން ދޭހަވަނީ ކޯއްޗެއް؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ރާއްޖެޓީވީ ގައި އެންމެ ފަހުން ދެއްކެވި ވާހަކަފުޅުތަކުން އެކަމަނާ ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުފަދަ ބޮޑު މުއައްސަސާއެއް ހިންގުމުގެ ގާބިލްކަމާ ޕްރޮފެޝަނަލިޒަމާ ދުރުވިސްނުން ހުރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭގޮތްވެއެވެ.

އެކަމަނާގެ ވާހަކަފުޅުތަކުން ގައުމީ ދިފާއީ ބާރަށް މަލާމާތެއް ރައްދުވެއެވެ. އިންޑިޔާއިން ދިވެހި ރާއްޖެއަށް ހަދިޔާއެއްގެ ގޮތުގައި ދީފައިވާ ހެލިކޮޕްޓަރުތައް ދިވެހިން ދުއްވަން ހަވާލުނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ސުވާލުކުރުމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވި ޖަވާބަކީ އެކަމަނާއަށް ދިވެހި ސިފައިންގެ ފަރާތުން އެނގިވަޑައިގެންފައިވަނީ އިންޑިޔާގެ ހެލިކޮޕްޓަރު ދުއްވަން ދަސްކުރަން މަސައްކަތްކޮށްކޮށް ސިފައިންނަށް ދަސްނުވެގެން އުޅޭކަމަށެވެ.

އެކަމަކު ދެން ވިދާޅުވިއެއްޗެއް ދިމައެއްނުވެއެވެ. އިންޑިޔާއިން އެކަމަނާއަށް މައުލޫމާތުދީފައިވަނީ މީހަކު ތަމްރީނުކުރަން ރާއްޖެއިން ސިފައިންގެ މީހަކު ހަމަނުޖައްސައިގެން އެކަން ނުވެގެން އުޅެނީކަމަށެވެ. ކޮންމެވެސް އެއްބަޔަކު މިނިސްޓަރަށް ދޮގު މައުލޫމާތު ދީފައިވާކަން އެބަދޭހަވެއެވެ. މިފަދަ އޮޅުންތަކެއްގެތެރޭގައި ހަގީގަތް ސާފުނުވަނީސް ޕަބްލިކަށް އެމައުލޫމާތު ޑިފެންސް މިނިސްޓަރ ހިއްސާކުރެއްވުމަކީ ޓްރާންސްޕޭރަންސީ ވުންތޯއެވެ.

އިންޑިޔާގެ ސިފައިންގެ ފައުޖަކާއެކު ހެލިކޮޕްޓަރު ދިވެހި ރާއްޖެއަށް ގެނެސްފައިވަނީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިޔާއާއެކު ސޮއިކުރި ސަލާމަތީ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންވީމާ 7 އަހަރުވަންދެން ހެލިކޮޕްޓަރު ދުއްވަން އުޅެންގެން ދިވެހި އަސްކަރިއްޔާގައި ދަސްކުރުމުގެ ގާބިލްކަމެއް ހުރި މީހަކު ނެތްކަމަށް ވިދާޅުވުމަކީ ސިފައިންނަށް ރައްދުކުރެވުނު ރަނގަޅު ބަހެއްކަމަކަށް ނުވާނެއެވެ.

ދިވެހި އަސްކަރިއްޔާގައި ވަރަށް ތޫނުފިލި ކުޅަދާނަ ގާބިލް އެތައް ބަޔަކު އެބަތިއްބެވެ. އެމެރިކާގެ އަސްކަރިއްޔާއިން ހިންގާފައިވާ ޓްރޭނިން ކޯސްތަކުގައި ބައިވެރިވެގެން އެއްވަނަ ދަރަޖާގައި ފަސްވެފައިވާ ދިވެހި ސިފައިން އެބަތިއްބެވެ. އެހެންކަމުން އިންޑިޔާއަށް ތަމްރީނެއް ހަދަން ދިޔައިމާ ތަމްރީނު ހަދަންގޮސް އުޅެއުޅެ ދަސްނުވިއޭ ބުނީމާ އެބުނެވެނީ ސިފައިންގެ ނާގާބިލްކަމުގެ ވާހަކައެވެ.

އެއީ ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރެއްގެ ދުލުން ދިވެހި ސިފައިންނަށް ނިސްބަތްކޮށްގެން ނުވާނެފަދަ އަދި ހަގީގަތާއި ދުރު ވާހަކަތަކަކަށްނޫނީ ނުވާނެއެވެ.

އިންޑިޔާގެ ހެލިކޮޕްޓަރުތަކުގެ ބައެއް ހަގީގަތް

އިންޑިޔާއިން ރާއްޖެ ފޮނުވާފައިވާ ހެލިކޮޕްޓަރުތަކަކީ ހަދިޔާއެކޭ ވިދާޅުވާއިރު އެކަން ހިނގާފައިވާ ގޮތް ޑިފެންސް މިނިސްޓަރަށް އަދި ރަނގަޅަށް އެގިވަޑައިގެންފައިނުވަނީކަމަށް ވެދާނެއެވެ.

އެހެންވީމާ ރައީސް ނަޝީދުގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުން ދިރާސާކޮށްލުން ރަނގަޅެވެ. މިއެއްބަސްވުމުގެ ދަށުން އިންޑިޔާއިން ފުރަތަމަ ގެނައީ އެއް ހެލިކޮޕްޓަރެވެ. އެހެލިކޮޕްޓަރު ބާއްވައިގެން ކޮންމެވެސް ވަރަކަށް ބަލިމީހުން އުފުލާފައިވީނަމަވެސް ދިވެހި ސަރުކާރުން ބޭނުންވާ ދަނޑިވަޅުތަކުގައި ހެލިކޮޕްޓަރު ބޭނުންކުރަން ދޫނުކުރާތީ އިންޑިޔާއާއި ވާހަކަ ދައްކައިގެން އެމައްސަލަ ހައްލުކުރެވޭތޯ ސަރުކާރުން ބެލިއެވެ.

އެކަމަކު އިންޑިޔާ ސަރުކާރުން އެޝަކުވާތަކާމެދު ފަރުވާލެއް ނުބަހައްޓަވައި ބޭނުންވީ ދެވަނަ ހެލިކޮޕްޓަރެއް ރާއްޖެ ފޮނުވާށެވެ. އެއީ ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރުއެވެ. އިންޑިޔާގެ ހެލިކޮޕްޓަރު ބޭނުންކުރުމުގައި ދިވެހި ސަރުކާރުގެ ބަސް ނުހިނގާތީ ސަރުކާރުން ބޭނުންވީ ދެވަނަ ހެލިކޮޕްޓަރު ރާއްޖެ ނުގެންނާށެވެ. ޚާރިޖިއްޔާގެ އިސްބޭފުޅަކު ވިދާޅުވިގޮތުގައި ދިވެހި ސަރުކާރުން ބޭނުންނުވިޔަސް އިންޑިޔާ ސަރުކާރުން ދެވަނަ ހެލިކޮޕްޓަރު ރާއްޖެ ފޮނުވަން ބާރުއަޅަމުންދިޔައީ ދިވެހި ސަރުކާރަށް އުދަގޫވާފަދަ ދަރަޖައަކަށެވެ. ޑިޕްލޮމެޓިކް މައްސަލަގަނޑަކަށް މި ހެލިކޮޕްޓަރުތަކުގެ މައްސަލަ ވިއެވެ. އެންމެފަހުން ދެވަނަ ހެލިކޮޕްޓަރު ގެންނަން ސަރުކާރުން ހުއްދަދިނީއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާގެ އިންޓަވިއުގައި ދެން ވިދާޅުވީ "ފެނާއި ނަރުދަމާ ކަހަލަ އެތައް ބައިވަރު ކަމެއް ހުއްޓާ ހިނގާފާނެ ކާރިސާއަކަށް އެއްޗެހި ގެނެސް ބަހައްޓާކަށް އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ. ބޮޑެތި އިކްއިޕްމެންޓް ބަހައްޓައިގެން ތިބޭކަށް އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ" މިއީ ހެލިކޮޕްޓަރުތައް ރާއްޖޭގެ އަސްކަރިއްޔާގައި ގެންގުޅެވެން ނެތްކަމަށް ވިދާޅުވި ސަބަބެވެ.

އެކަމަކު ދިވެހި ރާއްޖޭގެ ކަނޑުމަތީގައި އަހަރަކު އެތައް ކާރިސާއެއް ހިނގައެވެ. ދިވެހިންގެ ދިރިއުޅުން ބޮޑަށް ގުޅިފައިވަނީ ކަނޑުމައްޗާއެވެ. ރާއްޖޭގެ އަސްކަރިއްޔާގައި ބަޑި ހަރުކުރި ޓޭންކުތަކާއި އާމަރޑް ވެހިކަލްތައްފަދަ އަގުބޮޑު އެއްޗެހި މިހާރުވެސް ހުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަހުމަދު ނާޒިމު ހައްޔަރުކުރަން ރައީސް ނަޝީދުގެ ވެރިކަމުގައި ފޮނުވީ މިތަނުން ޓޭންކެކެވެ. އެއީ ރާއްޖޭގެ އަސްކަރިއްޔާއަށް މިއަގުބޮޑު ޓޭންކު ގެނައިފަހުން ޓޭންކު ބޭނުންކޮށްގެން ހިންގާފައިވާ ފުރަތަމަ އޮޕަރޭޝަނެވެ. އަސްކަރިއްޔާގައި ވަރަށް އަގުބޮޑު އަސްކަރީ އިކްވިޕްމަންޓްތައް ހުރިކަން ދިވެހިން ދަނެއެވެ. ސިފައިންގެ އަސްކަރީ ކުޅަދާނަކަން ދައްކާއެކިއެކި ހަރަކާތްތަކުގައި މިތަކެތި އާއްމުންނަށް ދައްކާލާފައިވެއެވެ. މިނިސްޓަރގެ ވާހަކަފުޅުން އެގިގެންދަނީ ދިވެހި ރާއްޖޭގެ އަސްކަރިއްޔާގައި ދިވެހިންގެ އަތްމަތީގައި ހެލިކޮޕްޓަރުތައް ބެހެއްޓުމުގެ ވިސްނުންފުޅެއް މިނިސްޓަރ ނުގެންގުޅުއްވާކަމެވެ. ދިވެހިންނަށް ދެއްވި ހަދިޔާ ބޭނުންކުރާނީ ހަމަ އިންޑިޔާ މީހުންނެވެ.

ޗައިނާއާއި އަސްކަރީ މަރުކަޒަކާ ގުޅުވަންވީ ކީއްވެ؟

ދެން ފާހަގަކުރެއްވީ ޗައިނާއާ އަސްކަރީ އެއްބާރުލުމެއް ބާއްވާނަމަ ޗައިނާގެ އަސްކަރީ މަރުކަޒެއް ހަދަން ބިމެއް ރާއްޖޭން ދޭންޖެހޭ ވާހަކައެވެ. ބެލެވޭގޮތުން މިއީ އިންޑިޔާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމާއިގުޅޭގޮތުން ފެންމަތިވި ވާހަކަ އެހެންގޮތަކަށް އަނބުރުވާލައްވަންވެގެން ދެއްކެވި ވާހަކަފުޅެކެވެ.

ޗައިނާއަށްވުރެ މާދުރުގައި ހުންނަ އެމެރިކާފަދަ ގައުމުތަކާވެސް ދިވެހި ރާއްޖެއިން އަސްކަރީ އެއްބާރުލުން ބާއްވައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އަސްކަރީ ގުޅުންބާއްވަނީ އިންޑިޔާއާއި ސްރީލަންކާއާއެކުގައި ކަމަށެވެ. ޗައިނާ މާދުރުގައި އޮންނާތީ އަސްކަރީ އެއްބާރުލުމެއް ބާއްވާނަމަ ޗައިނާގެ އަސްކަރީ މަރުކަޒެއް ހަދަން ބިމެއް ދޭންޖެހޭކަމަށް ވިދާޅުވިއިރު ޗައިނާއިން ރާއްޖެއާ އަސްކަރީ ގުޅުން އުފައްދަން ހުށަހަޅާފައިވަނީތޯއެވެ.

މިހާތަނަށް އެފަދަ ހުށަހެޅުމެއް ޗައިނާއިން ހުށަހަޅާފައިވާކަން ސަރުކާރުގެ އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު ޗައިނާގެ އަސްކަރީގުޅުމަކާއި އަސްކަރީ މަރުކަޒެއް ހަދައިދޭންޖެހޭ ވާހަކައެއް މިނިސްޓަރ ފާހަގަކުރައްވަންވީ ކީއްވެގެންތޯއެވެ. ދޭ ދޭ ގައުމުތަކުގެ ގުޅުންތަކުގެ ވާހަކަ ދައްކަވާއިރު ޕާޓީ ޕޮލިޓިކްސްއަށްވުރެ ޑިޕްލޮމެސީ ބޭނުންކުރައްވަންޖެހެއެވެ.

އިންޑިޔާއާއެކު އޮތީ މާރަނގަޅު ދިވެހި ރާއްޖެއަށް ހެޔޮއެދޭ ގުޅުމެއްކަމަށްވާނަމަ ރުޅިއަންނަ ކޮންމެ ފަހަރަކު ދިވެހި ރާއްޖެއަށް ދަތިކޮށް، ދިވެހިން އެގައުމުން ބޭރުކޮށް، އަސްކަރީ ހަމަލާދިނުމުގެ ވާހަކަ ދައްކަނީ ކީއްވެތޯއެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރު ވެށްޓިގެން އުފެދުނު ނުތަނަވަސްކަމުގެތެރޭގައި ރާއްޖޭގައި ތިބި އިންޑިޔާގެ ރައްޔިތުން ހިމާޔަތްކުރުމަށް އަސްކަރީ އޮޕަރޭޝަނެއް ރާއްޖޭގައި ހިންގުމުގެ ވާހަކަ އިންޑިޔާއިން ދެއްކިއެވެ.

ނަޝީދުގެ ވެރިކަން ހިމާޔަތްކޮށްދޭންވެސް ދިވެހި ރާއްޖެއަށް އިންޑިޔާގެ ލަޝްކަރު ފޮނުވަން ތައްޔާރުވިއެވެ. ޔާމީންގެ ވެރިކަން ވަށްޓާލުމަށްޓަކާވެސް އިންޑިޔާގެ އަސްކަރީ ހަމަލާއެއްދޭން އެގައުމުން ރޭވިކަން އެބަ އެނގެއެވެ. މިއީ ހެޔޮއެދޭ އަވަށްޓެރިންގެ އެޓިޓިއުޑް ހުންނަގޮތްތޯއެވެ. އިންޑިޔާއަކީ ދުނިޔޭގެ އަސްކަރީ ބާރެއް ނޫނެވެ. ނިއުކްލިއަރ ހަތިޔާރު ހުރުމަކީ ބާރެއްކަމަށްބަލާނަމަ ޕާކިސްތާނުގައިވެސް ނިއުކްލިއަރ ހަތިޔާރު އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...