ޑައިވްކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ޑައިވްކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ހަބަރު 06 Jun 2026 | 16:30

އިނގުރައިދޫއަށް ނިސްބަތްވާ ދެބެން، އެ ރަށު 17 ކުއްޖަކަށް ހިންގި ޑައިވް ކޯސް ނިންމާލައިފި

އިނގުރައިދޫއަށް ނިސްބަތްވާ ދެބެން ކަމަށްވާ އަޙްމަދު ސާމިރާއި އާދިލް ހާލިދު އެ ރަށުގެ 17 ކުއްޖަކަށް ހިންގި ޑައިވް ކޯސް ކާމިޔާބުކަމާއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިއަހަރުގެ މެއިމަހު ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވެފައިވަނީ އިނގުރައިދޫ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނެވެ. މިއީ އާއްމުކޮށް ބައިވެރިވުމަށް ހުޅުވާލުމަށްފަހު ކުރިއަށްގެންދިޔަ ޕީއެސްއެސް އޯޕަން ވޯޓަރ ޑައިވަރ ކޯހެވެ.

ކޯސް ހިންގި ދެ އިންސްޓްރަކްޓަރުންގެ ތެރެއިން ސާމިރަކީ މި ދާއިރާގައި 23 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. އާދިލްވެސް ވަނީ 12 އަހަރު ޑައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މި ކޯޙުގައި 10 އހަަރާއި 12 އަހަރުގެ ދަރިވަރުން ބައިވެރިވިއިރު، އެ ކުދިންނަށް 12 މީޓަރު އަޑިއަށް ފީނޭވަރަށް ވަނީ ތަމްރީން ހަދައިދީފައެވެ.

ޑައިވްކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ސާމިރު ކޯހުގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

ކޯސް ކުރިއަށްގެންގޮސްފައިވަނީ ބައިވެރިވި ހުރިހާ ދަރިވަރުންވެސް އިންޝުއަރަންސްކޮށްގެންނެވެ. ސާމިރު ބުނީ ކޯސް ނިންމި ކުދިންނަށް އަމިއްލައަށް ފީނޭވަރަށް ތަމްރީން ލިބިފައިވާނޭކަމަށާއި، އެކުދިން އެހެން ލެވެލްއަކަށް ދާން ބޭނުންނަމަ، އެކަމުގައި އެހީތެރިކަން ދޭނޭކަމަށެވެ.

ޑައިވްކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އާދިލް ކޯހުގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

މި ކޯސް ކުރިއަށްދިޔައިރު، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދާފައިވަނީ، ސާމިރާއި އާދިލްގެ އިތުރުން އިނގުރައިދޫ ކައިރީ ރިސޯޓެއްގެ ޑައިވް ސެންޓަރަކުންނެވެ. ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އިނގުރައިދޫ ކައުންސިލާއި، ސްކޫލާއި، ފުލުހުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.

ޑައިވްކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ސާމިރާއި އާދިލް ޑައިވިންގެ ދާއިރާއިން ކުރިއަށްދިއުމަށް ޝައުގުހުންނަ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދެމުންދާއިރު، އެ ދެބެއިން ވަނީ މީގެ ކުރިންވެސް ބައެއް ދަރިވަރުންނަށް ޑައިވްކުރުމުގެ ތަމްރީނުތައް ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 Nov 2026 ހަބަރު

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރ. އިނގުރައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ވަޑާންވެރިންގެ ރަށް، އުރީދޫ މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.