ތައުލީމާ ބެހޭ ވަޒީރު ވާހަކަދައްކަވަނީ.. ފޮޓޯ: އިމާދުއްދީން ސްކޫލް
ތައުލީމާ ބެހޭ ވަޒީރު ވާހަކަދައްކަވަނީ.. ފޮޓޯ: އިމާދުއްދީން ސްކޫލް
ހަބަރު 06 Sep 2026 | 21:01

ދަރިވަރުން މުދައްރިސުންނަށް އިހްތިރާމްކުރުން އޮތީ، ބެލެނިވެރިން ދޭ ތަރުބިއްޔަތަކުން: ތައުލީމާ ބެހޭ ވަޒީރު

ދަރިވަރުންގެ ކިބައިގައި މުދައްރިސުންނަށް އިހްތިރާމްކުރުމުގެ ރިވެތި އާދަ އަށަގެންނެވުމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ ބަޔަކީ ބެލެނިވެރިން ކަމަށާއި، އެކަން ހާސިލުވާނީ ބެލެނިވެރިން ދޭ ރަނގަޅު ތަރުބިއްޔަތަކުން ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޢިމާދުއްދީން ސްކޫލަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރިހި ޔޫބީލް ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބެލެނިވެރިންނަކީ ސްކޫލެއްގެ ކާމިޔާބީގެ އެންމެ މުހިންމު އެއް ބައެވެ. އަދި ސްކޫލެއް ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭ އެއް ބަޔަކީވެސް ބެލެނިވެރިން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މަދުން ނަމަވެސް ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވަމުންދާ މަންޒަރު ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްކޫލެއް ބިނާކުރެވިދާނެ، މުދައްރިސުންވެސް ހޯދިދާނެ، އަދި ވަސީލަތްތައްވެސް ޤާއިމުކުރެވިދާނެ. އެކަމަކު ތަޢުލީމަކީ އެއަށްވުރެ މާ ފުޅާ މާނައެއްގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތެއް

ރާއްޖޭގެ ހުރިހާ ބެލެނިވެރިންނަށް މުޚާޠަބު ކުރައްވަމުން ވަޒީރު ވިދާޅުވިއެވެ

މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޝަފީއު ވިދާޅުވީ، ކޮންމެ ސްކޫލެއްގައިވެސް މަދުވެގެން އެއްހާހާއި ދެހާހާ ދެމެދުގެ އަދަދަކަށް ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، މުދައްރިސުންނަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން، މުދައްރިސުންނަށް އިޙުތިރާމު ކުރުމުގެ ވިސްނުމާއި އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ މައިދާނުގައި އެންމެ ނަގާކިޔަންޖެހޭނީ ބެލެނިވެރިން ކަމަށާއި، ބެލެނިވެރިން އެ މަސައްކަތް ކޮށްގެން މެނުވީ ބުރަ މަސައްކަތްކުރާ މުދައްރިސުންގެ އަގު މުޖުތަމަޢުގައި ޙަޤީޤީ ގޮތެއްގައި ވަޒަން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޭމްބްރިޖް ނުވަތަ އެޑެކްސެލް އިމްތިޙާނުތަކުން ދަރިވަރުން ކިތަންމެ މަތީ ވަނަތަކެއް ހޯދައި، "އޭ ސްޓާ" ހޯދި ނަމަވެސް އަދި ސްކޮލަރޝިޕް ލިބުނު ކަމުގައި ވިޔަސް، ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤާއި، އެހެން މީހުންނަށް އިޙްތިރާމްކުރުމުގެ ސިފަ އަދި ޤައުމައިގެން ކުރިއަށްދިއުމުގެ ވިސްނުން ނެތްނަމަ، ތަޢުލީމަށް ކުރާ އިންވެސްޓްމަންޓުގެ ފުރިހަމަ ނަތީޖާ ނުފެންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މުދައްރިސުންނާއި، ބެލެނިވެރިން އަދި ސްކޫލްތަކުގެ ވެރިން އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު
16 Nov 2026 ހަބަރު

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު

މި ސްކޮލާޝިޕްތަކަކީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ އެހީގައި ދިވެހިންނަށް ހުޅުވާލާފައިވާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކެކެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ޕްރޮގްރާމްތަކެކެވެ