ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ހަބަރު 29 Sep 2026 | 11:42

އެފްޑީސީ ފްލެޓްތަކުގެ ބެލްކަނިތައް ރަނގަޅުކުރަން ފަހު ފުރުސަތު ދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބިނާކޮށްފައިވާ ފްލެޓްތަކުގެ ޔުޓިލިޓީ ބެލްކަންޏަށް އުސޫލާ ޚިލާފަށް ގެނެސްފައިވާ ބަދަލުތައް އަންނަ މަހުގެ 28 ގެ ކުރިން ރަނގަޅުކުރުމަށް އެ ކުންފުނިން އަންގައިފިއެވެ.

މިއީ ބެލްކަނިތައް އިސްލާހުކުރުމަށް އެފްޑީސީން ދިން ފަހު ފުރުސަތު ކަމަށް އެ ކުންފުނީގެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ތަފާތު ގޮތްގޮތަށް ބެލްކަނީގެ ޑިޒައިނަށް ބަދަލު ގެންނަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް މީގެ ކުރިންވެސް އެފްޑީސީން ވަނީ އަންގާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ އެންގުމަށް ތަބާނުވެ، އުސޫލާ ޚިލާފަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން، މިހާރު ކަނޑައަޅާފައިވާ ސުންގަޑީގެ ތެރޭގައި ބެލްކަނިތައް ރަނގަޅުނުކުރާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

އެފްޑީސީން މައުލޫމާތު ދޭ ގޮތުގައި ބެލްކަންޏަށް ބަދަލު ގެނައުމުގައި ހުއްދަ ދީފައިވަނީ ދެ ގޮތަކަށެވެ. އެއީ ސްލައިޑިން ލޫވާ ހަރުކުރުމާއި، ގްރިލް އެންޑް ނެޓް ހަރުކުރުމެވެ. މި ދެ ގޮތަށް ހުއްދަ ދީފައިވަނީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން އެކަށީގެންވާ މިންވަރަށް ވައި ދައުރުވާނެ ކަމުގެ ޔަގީންކަން ހޯދުމުގެ ގޮތުންނެވެ. އަދި މިންގަނޑާ ޚިލާފަށް ކުޑަދޮރު ހަރުކޮށްފައިވާ ފަރާތްތަކުން ވެސް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގަވާއިދާ އެއްގޮތަށް އެ ތަންތަން ބަދަލުކުރަން ޖެހޭނެއެވެ.

އިމާރާތްތަކުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެ އިމާރާތަކުން ދެ ކުއްޖަކު ވެއްޓުމުގެ ހިތާމަވެރި ހާދިސާތަކެއް މިދިޔަ މަހު ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

މި ހާދިސާތަކާ ގުޅިގެން ހުޅުމާލެ ބެލެހެއްޓުމާ ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން، ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމާއި، ބެލްކަނިތައް 1.4 މީޓަރަށް އުސްކޮށްދިނުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން އުޅޭ އެޕާޓްމަންޓްތަކުގެ ބެލްކަނިތައް 1.4 މީޓަރަށް އުސްކޮށްދޭއިރު، ސީރިއަސް ބަލިތަކުގެ މީހުން ދިރިއުޅޭ ގެތަކުގެ ބެލްކަނި މުޅިން ބަންދުކޮށްދިނުމުގެ މަސައްކަތް އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަދޮރުތަކުގައި ލޮކިން ސިސްޓަމާއި ގްރިލިން ސިސްޓަމް ހަރުކޮށްދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ. މި ލޮކިން ސިސްޓަމް ހަރުކުރުމުން ކުޑަދޮރު ހުޅުވޭނީ ކުއްޖެއް ނުވަތަ މީހަކު ނުވެއްޓޭނެ މިންވަރަށެވެ.

މި ހުރިހާ ފިޔަވަޅުތަކެއްގެ ވެސް މައިގަނޑު އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ކުޑަކުދިންގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައަކަށް ކަށަވަރުކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...