N/A
N/A
ހަބަރު 29 Nov 2018 | 04:46

ސޯލިހުގެ ތަރުޖަމާނަކަށް އަންނާނީ ކާކު؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 10 ދުވަސް ވެގެން ދާއިރު މިވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ ގިނަ މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރެއްވިއެވެ. އޭގެތެރެއިން ސަރުކާރުގެ ކުންފުނި ތަކުގެ ބޯޑުން ފެށިގެން ރައީސުލްޖުމްހޫރީޔާގެ ތަރުޖަމާނު ހިމެނި ވަޑައިގަންނަވައެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންއަކުން ކަމުން ނިންމުންތައް ނިންމުމުގެ ބާރު ރައީސް ސޯލިހަށް ލިބިގެން ނުވެއެވެ. ހަތަރު ލީޑަރުން އެއްބަސް ވެވޭ ގޮތަކަށް މެނުވީ އެއްވެސް ކަމެއް ނުނިންމި ސަރުކާރު ގެ ސްޕީޑް މިވަނީ އެތައް ގުނައެއް މަޑުޖެހިފައެވެ.

ސަރުކާރުގެ ތަރުޖަމާނަކީ މިނިސްޓަރުންނާއި އެކު އެކީ ހަމަ ޖެހިގެންދާ މަގާމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައީސް ސޯލިހަކީ މީޑީއާގެ ބޭފުޅެކެވެ. އަދި ސޯލިހު ވެރިކަމަށް އައުން ވެގެންދިޔައީ ދޫ ބަނދުވެފައިވާ މީޑިއާތަކަށް އުންމީދާއި އުފާ ގެނެސްދިންކަމަކަށެވެ. ނަމަވެސް މިހާތަނަށް ރައީސް ސޯލިހުގެ ތަރުޖަމާނަކު އައްޔަން ނުކުރެވި އޮތް އޮތުމަކީ މީޑީއާ އާއި މެދު ސޯލިގެ ސަރުކާރުން ބަހައްޓާ ގާތްކަން ތަރުޖަމާ ކުރެވިގެންދާކަމެކެވެ.

މިހާތަނަށް ވެސް އާސަރުކާރުގެ ޕޮލިސީ ލެވެލްގެ ކަންކަމަށް ކޯލިޝަނުންނާއި ކުރީގެ ރައީސް ނަސީދުވެސް ގެންދަވަނީ ވަރަށް ފާޅުކަން ބޮޑުގޮތަކަށް ކޮމެންޓު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހުގެ ސްޓޭޑް މިއިން އެއްވެސް ކަމެއްގައި މިވަނީ ތަރުޖަމާނަކު ނެތުމުގެ ސަބަބުން ސާފު ނުވެފައެވެ.

ކޯލިޝަންގެ މައި ޕާޓީއެއްގެ އޮފިޝަލް "ވޮއިސް" އަށް މައުލޫމާލު ދެއްވަމުން ވިދާޅުވެފައިވަނީ ރައީސްގެ ތަރުޖަމާނަކީ ހުރިހާ ލީޑަރުން އެއްބަސް ވެވަޑައިގަންނަވާ ބޭފުޅަކަށް ވާން ޖެހުމުން، ހުރިހާ ލީޑަރުން ވަނީ އެމަގާމަށް ބޭފުޅުންގެ ނަން ހުށަހަޅުއްވާފައި ކަމަށާއި، ލަސް ވަނީ އަދިވެސް ހުރިހާ ލީޑަރުން އެއްބަސް ވެވޭ މީހަކު ނެތުމުން ކަމަށްވެއެވެ.

ތަރުޖަމާނުގެ މަގާމަށް އައުން އެންމެގާތް ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް، އަދާލަތް ޕާޓީގެ ތަމީޑިއާ ޗެއާމަން އަލީ ނަޒީރު، އަދި ރާއްޖެ ޓީވީ ފިޔާޒް، މުހުސިން، މިއުވާންއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ޗީޕް ސްޕޯކްޕާސަން އަލީ ސޯލިހަކީ މީގެ ކުރިން ޑީއާރުޕީގައި ވެސް މީޑިއާކަންތައް ބެލެހެއްޓެވި ފަރާތެކެވެ. މިހާރު ޤާސިމް އިބްރާހިމްގެ އިވެންތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސޯލިހަކީ ހަމައެކަނި ޖުމްހޫރީ ޕާޓީއަށް ހާއްސަ ބޭފުޅެއްގެ ގޮތުން ފެންނަމުންދާ ބޭފުޅެކެވެ. އެއާއި ހިލާފަށް އަދާލަތް ޕާޓީގެ މީޑީއާ ޗެއާމަން އަލީ ނިޒާރަކީ އަދާލަތް ޕާޓީގެ އިތުރުން ކޯލިޝަންގެ ބޮޑެތި ޕްރެސްތަކުން ފަހު ފަހުން ވަރަށް ގިނައިން ފެނި މީޑިއާއާއި ވަރަށް ގާތް ގުޅުމެއް ބާއްވާފައިވާ ފަރާތެކެވެ.

ވެރިކަން ބަދަލުވުމާއެކު އެންމެންވެސް ހީކުރެވިގެން ދިޔައީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލި ރާއްޖޭޓީވީގެ އިސް ފަރާތްތަކަށް ސަރުކާރުގެ އިސް މަގާމުތައް ލިބިގެން ދާނެކަމަށެވެ. ހާއްސަކޮށް ތަރުޖަމާނުގެ މަގާމަކީ ރާއްޖެޓީވީގެ ކޮންމެވެސް ފިގާއަކަށް ލިބޭނެ އެއްޗެއް ކަމަށް ބެލެވުނެވެ.

އެގޮތުން ރާއްޖޭޓީވީން އިއްޔެ އިސްތިއުފާ ދެއްވި އެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ، ނޫސްވެރިޔާ މުހުސިންގެ އިތުރުން ސީނިއާ އެޑިޓަރު މުހައްމަދު މިއުވާން އަކީ މިގަމަށް އައުން އެންމް ގާތް ބޭފުޅުންކަމަށް ބެލެވެއެވެ.

ކޯލިޝަންގައި އެންމެ ބޮޑު ޕާޓީ އަކީ އެމްޑީޕީއަށް ކަމަށްވެފައި، މިއީ ރައީސް ސޯލިހްއަށް އައްޔަން ކުރަން ލިބެން ޖެހޭނެ މަގާމަކަށް ވާންޖެހެއެވެ.

ކޮންމެއަކަސް ވެރިކަމަށް 10 ދުވަސް ވެގެންދާއިރު މިޑީއާއާއި ރައީސުލްޖުމްހޫރީޔާ މިވަނީ ނުގުޅިއެވެ. މިއީ މީޑިއާއަށް ރަންދުވަސް ތަކެއް ގެންނާނެކަމަށް ވިދާޅުވި ސޯލިހުގެ ސަރުކާރުން މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެކެވެ. ރައީސްގެ މައްޗައް ކުރީގެ ރައީސުން ސަރުކާރުގެ ކަންކަމަށް ބަސް ބުނަމުން ދާއިރު އެއީ ސަރުކާރުގެ ނިންމުންތައް ކަމުގައި ބެލޭނެ ޖާގަތެއްނެތެވެ.

ސަރުކާރުގެ ސްޑޭން އަދި ރައީސް ގެ ނިންމުންތައް މީޑިއާއަށް އަބަދުވެސް ތިލަކޮށްދެއްވަނީ ހުދު ރައީސް ނުވަތަ ތަރުޖަމާނެވެ. މީޑިއާތަކަށް މިމައްސަލާގައި ރައީސްގެ ބަހެއް ބޭނުންވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...