N/A
N/A
ހަބަރު 06 Dec 2018 | 03:47

ލޮލުގެ ގުލަކޯމާއަށް އަދީބަށް ޑޮކްޓަރލިޔެދިން ބޭހަކީ ސިޔާސީ ޕާޓީއަކަށް ސޮއިކުރުން!!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ސޯޝަލްމީޑިއާގެ ޑިސްކަޝަންތަކުގެތެރެއިން މިދިޔަ ހަފްތާގައި އަޅުގަނޑު ވަރަށް އަޅައިގަތް ވާހަކައަކާ ދިމާވިއެވެ. ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބަށް ޑޮކްޓަރު ލިޔެދިން ޚާއްސަ ބޭހެއްގެ ވާހަކަ އިވުނީމައެވެ. ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނުކަމަށް ޝަރީއަތަށް ސާބިތުވެ 33 އަހަރުގެ ދިގުމުއްދަތެއްގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދިޔަ އަހުމަދު އަދީބް ސިއްހީ މައްސަލައަކާގުޅިގެން ގޭބަންދަށް ބަދަލުކޮށްދިނުމުން އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން ލޯބީގެ ލަވައެއް ރެކޯޑްކުރައްވައި، ޕަބްލިކަށް ރިލީޒްކޮށްލިއެވެ.

އެލަވާގައި ފެނިގެންދާ އަނބިމީހާވެސް އިނީ ވަރަށް ފުރިހަމައަށް ނަލަހެދި ޒީނަތްތެރިވެ ފިރިމީހާ ގިޓާކުޅެ ކުޅެ ކިޔަމުންދިޔަ ލޯބީގެ ލަވައިގެތެރެއަށް ގެއްލިފައެވެ. ލަވައިގެ ޑައިރެކްޓަރަކީވެސް ހުނަރު ހުރި މީހެއްކަމަށް ފެނެއެވެ. ރާއްޖޭގެ ހުރިހައި ނޫސްތަކަށްވެސް އެލަވައިގެ ވާހަކަ އަރައިފިއެވެ. ނޫސްތަކުން އެކުރި ތާރީފަކުން އެއީ އަސްލު ތެދެއްތޯ ބަލާލަން އަޅުގަނޑު ސޯޝަލް މީޑިއާގެތެރެއަށް ވަންތަނުން އިއްތިފާގަކުން އެބުނާ ލަވަޔަކާ ދިމާވިއެވެ. އަޅުގަނޑަށްވެސް ލިބުނީ ހައިރާންކަމެކެވެ. ހަމަލަވަޔެއް އެއޮއްކިޔަނީއެވެ. އެލަވަ މަޝްހޫރުވެފައިވާވަރުން އެހެންމީހުންނަށް ނޭގުނަސް އުއްތަމަ ފަނޑިޔާރަށްވެސް އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް މިހާރު ވާނީ ފެނިވަޑައިގެންފައިތާއޭ އަޅުގަނޑުގެ ހިތަށް އެރިއެވެ.

އެލަވަ ބަލައި ނިންމާލިތަނާ އެހެން ޚާއްސަ ޚަބަރެއް ފެނުނެވެ. ކުރީގެ ނާއިބް ރައީސާ ވަރަށް ގާތްއެކުވެރި ބޭފުޅަކު ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގައި ޕާޓީގެ އެންމެ ފުރަތަމަ މެމްބަރަކަށް އަދީބު ކޯޓްފަޓްލޫނުގައި އިންނަވައިގެން ސޮއިކުރެއްވިކަމަށް ރާއްޖޭގެ ހުރިހައިނޫސްތަކެއްގައި ޝާއިއުކުރި ޚަބަރެކެވެ.

އަދީބު ޖަލުގައި އޮންނެވިއިރު ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމަށްވާ ގުލަކޯމާ ކިޔާ ބައްޔެއް ޖެހިގެން އެބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވިގެން އަދީބުގެ އާއިލާއިން ކަންބޮޑުވެގެން އުޅުނު ޚަބަރުތަކެއް ނޫސްތަކުގައި ޖެހި ހަދާނެއް ވިއެވެ.

އެބައްޔަށް ޑޮކްޓަރު ލިޔެދީފައިވާ ބޭސްސިޓީ ފެނުނުކަމަށް ބުނާ މީހަކު ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާލީއެވެ. އެސިޓީގައި ޑޮކްޓަރު ލިޔެދެއްވާފައިވާ އެއްބޭހަކީ ފަރުވާއަކަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރެއްވުމޯއެވެ. އެހެންވެ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އިލެކްޝަންސް ކޮމިޝަނަށް ބޭސް ސިޓީ ހިފައިގެންގޮސް އެތަނުން އާސިފް އަތަށް ދިންއެއްޗެއްދީގެން އަދީބުކައިރިއަށް އައީމާ އެންމެ ފުރަތަމަ ޕާޓީގެމްބަރުކަމުގައި ސޮއިކުރި މީހާއަށް ވާން އަވަހަށް ސޮއިކޮށްލެއްވީއެވެ. ޕާޓީއަށް ސޮއިކުރުމުގެ ކުރިން ކިޑްނީ އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި އަދީބްކޮށްފައިވެއެވެ. ލަވަކިޔާއިރު ފެންނަފެނުމަށް ހާލު މިހާރު ވަރަށް ރަނގަޅެވެ.

މިވާހަކަކޮޅު އަޅުގަނޑު މިގެނެސްދިނީ އަޅުގަނޑުމެންގެ ގައުމުގެ އަދުލް އިންސާފު ގާއިމުކުރުމުގައި އައިސްފައިވާ އެކްސްޓްރާ އޯޑިނަރީ ކުރިއެރުމުގެ ދަޑިވަޅެއް ހަނދާންކޮށްލުމުގެ ގޮތުންނެވެ. ދުނިޔޭގައި ދިވެހި ރާއްޖެ ފިޔަވައި އަޅުގަނޑުމެން މިދެކޭގޮތަށް މަތީ ފެންވަރުގެ ކުށްވެރިން ހުކުމް ތަންފީޒުކުރަން ޝަރަފްވެރިކަމުގެ ގޮތުގައި މުޖްތަމައަށް ނެރޭ ގައުމެއް އޮންނާނެތޯއެވެ. ކުށްވެރިވެގެން ޖަލުގައި އޮންނަވަނިކޮށް އެގެނެއިގޮތަށް ގެނެސް ރައީސުލްޖުމްހޫރިއްޔާ އެމީހަކަށް މިނިސްޓަރުކަން ދެއްވުމުން އިންސާފު ގާއިމުކުރެވުނީއެވެ.

އަހުމަދު އަދީބަކީ މިސާލެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމުގެ ކުށްސާބިތުވެ ރާއްޖޭގައި ދައުލަތުގެ މުދަލުން ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ކުށް ސާބިތުވެ ޖަލަށްލުމުން ރަށުތެރެއިން ގޮވާމީހަކު ގޮވާލާފައި ބުނަންވީ އޭނާ ދޫކޮށްލަންވީއެވެ.

އަދީބް ދޫކޮށްލަން ރައީސް މުހައްމަދު ނަޝީދު ގޮވައިލެއްވިއެވެ. ޝައިޚް އިމްރާން ގޮވާނުލައްވާތޯއެވެ. ސުޕްރީމް ކޯޓުގެ އާދަޔާއި ޚިލާފް ކުއްލި ނިންމުމެއްގައި އޭނާ ދޫކޮށްލި ދަނޑިވަޅު ރައީސް މައުމޫން މަރުހަބާ ވިދާޅުވިއެވެ. އަދީބްގެ ދީލަތިކަން ތަޖުރިބާކުރެވުނު ޕާލަމެންޓް މެމްބަރުންވެސް އޭނާ ދޫކޮށްލުމަށް ހަރުއަޑުން ގޮވާލިއެވެ.

މިހުރިހާ ގޮވާލުންތަކުގެ އަޑުގަދަވެގެންގޮސް ކަރެކްޝަނުން އޭނާގެ ބަލިހާލަށްޓަކައި ދުލެއް ދެއްވުމުން ލަވަކިޔައި ސިޔާސީކަންކަމުގެތެރެއަށް އެބުރިވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ ކިހާބޮޑު އުފަލެއްތޯއެވެ.

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު މަރާލަން ރާއްޖެއައި ބިދޭސީއަކު ދޫކޮށްލިގޮތަކީވެސް ސުވާލު ނުއުފެދޭވަރުގެ ކަމެއް ނޫނެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ޓީވީއަކަށް އަރާވަޑައިގެން ވާހަކަފުޅުދައްކަވަމުން، އެމްޑީޕީއަށް ވެރިކަން ލިބުމާއެކު އެމީހާ ދޫކޮށްލާނެކަމުގެ ޔަގީންކަން އެމީހާގެ އާއިލާގެ މީހުންނަށް ދެއްވާފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް އުޅުނަސް ވަރިހަމައެވެ. އޭނާ ދޫކޮށްލާނެއެވެ. ކަންވީ އެހެންނެވެ. އެމްޑީޕީއަށް ވެރިކަން ލިބުމާއެކު ކޯޓުން އެމީހާ ދޫކޮށްލުމުން ހެމުންހެމުން ރަށަށްދިޔައީއެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބާއި އަދި ހަތިޔާރުން ހަމަލާދީގެން ޔާމީން އަވާރަކޮށްލަން އުޅުނު ސްރީލަންކާގެ މީހާ ދޫކޮށްލުމުގެ ފަހަތުގައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ހިތުގައި ޖެއްސުމެވެ.

އިއްޔެ ޔާމީންގެ ސިޔާސީ ވާދަވެރިންގެ ހިތުގައި ޖެހުނީއެވެ. މިއަދު ޔާމީންއާއި އަދި އަނބިކަބަލުންނާ، އަނބިކަބަލުންގެ އާއިލާގެ މެމްބަރުން ދަތުރުކުރި އުޅަނދު ގޮއްވާލުމުގެ ފަހަތުގައި ހުންނެވި ބޭފުޅާއަށް ޖަލުންބޭރުކޮށް މިނިވަންކަންދީގެން ޔާމީންގެ ހިތުގައި ޖައްސުވާލެވުނީއެވެ. އިންސާފަކީ މިފަދަ އެއްޗެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...