މާޅޮހުގައި ރޭ ހިނގި ހާދިސާގައި ފިހުނު ދެ މީހުންނަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެނީ
އއ. މާޅޮހުގައި ފަޅުތެރޭގައި އޮތް ދޯންޏަކުން އެއްޗެއް ގޮވައި ރޭ ހިނގި ހާދިސާގައި ފިހުނު ދެ މީހުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖޭއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 20:45 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ ދެ ބިދޭސީންނަށެވެ.
ދެ މީހުންނަށް އެންމެ ފުރުތަމަ ފަރުވާ ދީފައިވަނީ އެރަށު ޞިއްޙީ މަރުކަޒުގަ އެވެ. އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް "ވޮއިސް"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިހާރު އެ ދެމީހުންނަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް