ދަތި ހާލުގައި އުޅޭ ދިވެހިންނަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަސްމިއްޔާތު ތެރެއިން؛ ފޮޓޯ / ޒަކާތު ހައުސް
ދަތި ހާލުގައި އުޅޭ ދިވެހިންނަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަސްމިއްޔާތު ތެރެއިން؛ ފޮޓޯ / ޒަކާތު ހައުސް
ހަބަރު 20 Mar 2026 | 15:50

ފިތުރު ޒަކާތުގެ ގޮތުގައި 15 މިލިއަން ރުފިޔާ؛ ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދޭން 500،000ރ. ހަދިޔާކޮށްފި

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 15 މިލިއަން ރުފިޔާގެ ތެރެއިން 500،000ރ. ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދޭން އިސްރާ އެސޯސިއޭޝަނާއި ރޭ ހަވާލުކޮށްފިއެވެ.

ޒަކާތު ހައުސް އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ޖުމްލަ 15،009،749ރ. ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އަށް ވުރެ 10.6 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ އިތުރުން އެ އިދާރާ އިން ބުނީ، ‏ދަތި ހާލުގައި އުޅޭ ދިވެހިންނަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރޭ 423,749ރ. ރުފިޔާ އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަޤީރުންނާއި މީސްކީނުންގެ ކޮންމެ މީހަކަށް 6،000ރ. މި އަހަރު ވަނީ ދީފަ އެވެ. ފަޤީރުންނާއި މީސްކީނުންނަށް ޖުމުލަ ބަހާފައި ވަނީ 13،896،000ރ. އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ލިބުނު ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ

ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ޕޭމަންޓް މަތީގައި ބަހައްޓާފައި ހުރި ބައެއް ވަނީ އެތަނަށް ވެއްޓިފައެވެ. އަދި އެ ވީޑިއޯގައި މީހަކަށް އަނިޔާވެގެން ބިންމަތީގައި ހުރި މަންޒަރުވެސް ފެނެއެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި
17 Nov 2026 ހަބަރު

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ހަބަރު

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކި ބާވަތުގެ އިންތިޒާމުތަކާއި، މިނާ އާއި އަރަފާތުގައި ދެވޭނެ ޚިދުމަތްތަކުގެ އިތުރުން، ލޮޖިސްޓިކްސްއާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
07 Nov 2026 އިލެކްޝަން ކޮމިޝަން

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

މި ގޮފި ހުޅުވާފައިވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއުމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ހާއްސަ މަޝްރޫއުގެ ތެރެއިންނެވެ.