މުލީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަނީ
މުލީ އެއާޕޯޓަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މުލީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި މުވައްޒަފުން ނެގުމަށްފަހު ތަމްރީނު ދިނުމަށްވެސް ތައްޔާރީތައް ވަމުން އަންނަ ކަމަށް މުބީން ވިދާޅުވިއެވެ.
މުލީ އެއަރޕޯޓު މަޝްރޫގެ މަސައްކަތުގެ ތެރެއިން މުލީ އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެއާޕޯޓަށް ބޭނުންވާ އިމާރާތްތައް ނިންމުމުގެ މަސައްކަތްތަކެވެ.
މުލީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް