ބައުވެ ވީރާނާވެފައިވާ ގެއެއްގައި ދިވެހިން އާއްމުކޮށް ކައި އުޅޭތަކެތި ތައްޔާރުކޮށް ބަންދު ކުރުމުގައި ބިދޭސީންތަކެއް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ދިވެހިން އާއްމުކޮށް ކައި އުޅޭ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީން ތަކެއް ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، އެ ގޭގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން ރިޕޯޓް ކުރީ "އިމިގްރޭޝަން ވޮޗް" އަށް ކަމަށެވެ.
އަދި އެ ރިޕޯޓާއި ގުޅިގެން މިއަދު ހެނދުނު މާލެ ސަރަހައްދުގެ އެ ގެ ބަލައި ފާސްކޮށްފައި ކަމަށާ، އެއަށްފަހު ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިއަ 03 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މިއާއެކު އިމިގްރޭޝަނުން ބުނީ، މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ، މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން އާއްމު ކުރި ފޮޓޯ ތަކުން އެނގޭ ގޮތުން، އެތަނުން ކުދި ގުޅަ އާއި، އަތުޖެހި، ތެލުލިފަތް އަދި ފޯއް ފަދަ ތަކެތިވެސް ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް